މަސައްކަތް
ނަންބަރު: GS71-C/IUL/2021/02
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 14 މާރިޗު 2021 13:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ސްކޫލަށް އިތުރުކުރެވުނު ބައިގެ ވަށާފާރު ރޭނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1        ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުމަށްޓަކައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބްރުއަރީ 23 ން 2021 މާރިޗް 02 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗް 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗު 14 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.

6        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަގޫދޫ ސްކޫލް

އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.

ފޯން:  7952912

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

 

23 ފެބުރުވަރީ 2021