ދިވެހިރާއްޖެ
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ މާމެންދޫ ދިވެހިރާއްޖެ
|
Secretariat of the Maamendhoo Council Laamu Maamendhoo Republic of Maldives
|
c
ނަންބަރ(IUL)403-A/403/2021/54 :
އިޢުލާން
ލ.މާމެންދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއި ގުޅޭ:
ލ.މާމެންދޫ ޞިއްހީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާގެ ނަންބަރ: (IUL)403-A/403/2021/27 28 ޖެނުއަރީ 2021 އިއުލާނާއި ގުޅިގެން މި މަސައްކަތް ކޮށްދިނުމަށް ލިބިފައިވާ އަގުތަކަކީ މިނިސްޓްރީއިން މި ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް ލަފާ ކުރާ އަގަށްވުރެ ބޮޑު އަގުތަކެއް ކަމުގައި ވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ރީޓެންޑަރ ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 03 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
11 ރަޖަބު 1442ހ.
23 ފެބުރުވަރީ 2021މ.
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ރައީސް