މަސައްކަތް
ނަންބަރު: (IUL)414/414/2021/15
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 04 މާރިޗު 2021 13:30
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ސާފުކުރުން

ގަބުރުސްތާނު ސާފުކުރާނެ ފަރާތެއް ހޯދުމަށް

 

ގއ ކަނޑުހުޅުދޫ ގަބުރުސްތާން ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 04 މާޗް 2021 ވާ ބުރާސްފަތި ދުވަހު 13:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސާފުކުރުމަށް ދެވޭ މައުލޫމާތު:

-          ބޮޑެތި ގަސްތައް ފިޔަވައި ކުދި ހުރިހާ ގަސްތައް ކަނޑާ ކުނިގޮނޑަށް އުކުން

-          ގަބުރުސްތާނު ސާފުކޮށް ނިމޭއިރު ހުންނަންވާނީ ބިން ފެންނަވަރަށް ސާފުކުރެވިފައި އަދި މި ކައުންސިލް އިދާރާއަށް ގަބޫލުކުރެވޭ މިންވަރަކަށް

މާކުސް ދޭނެ ގޮތް:

އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

މުއްދަތު: %30

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 04 މާޗް 2021 ވަނަ ދުވަހު 13:30 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި "ގއ ކަނޑުހުޅުދޫ ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

 

 

         11 ރަޖަބު 1442

         23 ފެބުރުއަރީ 2021

23 ފެބުރުވަރީ 2021