ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-6B/426/2021/88
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 02 މާރިޗު 2021 23:59
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދޫ އަވަށު އޮފީހަށް ކުދި މަސައްކަތް ކުރުމާއި ތަކެތި ވިއްކުމާއި ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުން

އިޢުލާން

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހަށް 35,000/- ރުފިޔާއިން ދަށުގެ ތަކެތި ސަޕްލައިކޮށްދިނުމާއި، މަސައްކަތާއި ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

ވީމާ، މިފަދަ މަސައްކަތް ކުރައްވާ ފަރާތްތަކުން ހުޅުދޫ އަވަށު އޮފީހުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފޯމު ހުށަހަޅުއްވާނީ، 02 މާރިޗު 2021 ވަނަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ އީމެއިލްގެ ޒަރީޢާއިންނެވެ.

އީމެއިލް: [email protected]

 

35،000ރ. އިން ދަށުގެ ތަކެތި ސަޕްލައިކޮށްދިނުމާއި، މަސައްކަތާއި ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް (ހުޅުދޫ)

10 ރަޖަބު 1442

22 ފެބުރުވަރީ 2021