ދެންނެވުން
ނަންބަރު: MBA/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 23:38
ސުންގަޑި: 25 ފެބުރުވަރީ 2021 13:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ލެޕްޒިގް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ކޯޗިންގ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު

ޖަރމަނީގައި ހުންނަ ލެޕްޒިގް ޔުނިވަރސިޓީ ގައި 30 އޮގަސްޓް 2021 އިން 31 ޖަނަވަރީ 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި މިއެސޯސިއޭޝަނުގެ ފަރާތުން ކޯޗެއް ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.  

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރާއި ކޯހަށްއެދި ހުށައަޅާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަނުގެ އީ-މެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. މިކޯހަށް ބައިވެރިން ހޮވުމުގައި މީގެކުރިން އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަނުގެ ފޯން ނަންބަރު 3314024 އަށް ގުޅުއްވުން އެދެމެވެ. އަދި މިކޯހާއިގުޅޭ އިތުރު މަޢުލޫމާތު މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

22 ފެބުރުވަރީ 2021