ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2021/39
|
ތާރީޚް: 22 ފެބުރުވަރީ 2021
|
މަޤާމު
|
ޗީފް އިންފޮމޭޝަން އޮފިސަރ
|
ރޭންކް: އީ.އެކްސް 1
|
ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޑިރެކްޓަރ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/8835 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/4,417.50 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، އައިޓީއާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އައިޓީއާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިވިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ދާއިރާގެ އައިސީޓީ ތަސައްވުރެއް އެކުލަވާލައި، އެފަދަ ޕޮލިސީ ތަކާއި ސްޓޭންޑާޑްސްތަކާއި އެއްގޮތަށް ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ އައި.ސީ.ޓީގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ޝަރުޢީ ދާއިރާގެ އައިޓީ އިންފްރަރސްޓްރަކްޗަރ މިހާރަށްވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދިރާސާކުރުމާއި، އަދި އެގޮތުން ހިންގޭ އެކިއެކި ޕްރޮޖެކްޓްތައް ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ޤާނޫނުތަކާއި، ޤަވާޢިދުތަކުން ޝަރުއީދާއިރާއަށް ލާޒިމްކުރާ އެކިއެކި އައިޓީ ވަޞީލަތްތަކާއި، ޚިދުމަތްތައްތައް ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެފަދަ ޚިދުމަތްތަކާއި، ވަޞީލަތްތައް ކޯޓުތަކުގައި ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މެދުގައި ޤާއިމްކޮށްފައިވާ ނެޓްވޯކާއި އަދި އެކަމާއި ގުޅޭ އައިޓީ އެންމެހާ ވަސީލަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާ އައި.ސީ.ޓީ ޕޮލިސީއާއެއްގޮތަށް ތަންފީޒުކުރުން.
- ޝަރުޢީދާއިރާއަށް ބޭނުންވާ އައިޓީ ވަޞީލަތްތަކާއި، އެކިއެކި ސޮފްޓްވެއަރތައް ދަނެގަނެ މިފަދަ ވަޞީލަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ޕްރޮފެޝަނަލް ގޮތެއްގައި ޕާޓްނަރޝިފް ގާއިމްކުރުމުގެ މަސައްކަތް ކުރުން.
- ޝަރުޢީ ދާއިރާގެ ޑޭޓާ ސެކިއުރިޓީ އާއި، ނެޓްވަރކް ސެކިއުރިޓީ ކަށަވަރުކުރުމަށް ހަދަންޖެހޭ އެކިއެކި ސިޔާސަތުތައް އެކުލަވާލައި، ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
- ޝަރުއީ ކޯޓުތަކާއި، އިދާރާތަކުގެ ސަރވަރތަކާއި އިންފޮރމޭޝަން ސިސްޓަމްތަކުގެ ބެކަޕްނެގޭނެ އިންތިޒާމް ހަމަޖައްސާ އައި.ސީ.ޓީ ޕޮލިސީއާއެއްގޮތަށް ތަންފީޒުކުރުން.
- ޝަރުއީދާއިރާއިން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ހަލުވިކަމާއެކު މަސައްކަތް ކުރުމަށް ބޭނުންވާ އެކއެކި ސޮފްޓްވެއަރތައް ދަނެގަނެ، އެފަދަ ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންސްތައް ޑިވެލޮޕްކުރާނެ ގޮތުގެ ތަޞައްވަރުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
- ޝަރުޢީ ދާޢިރާގައި ބޭނުނުންކުރުމަށް ތައްޔާރުކުރަންޖެހޭ ސޮފްޓްވެއަރތައް ދަނެގަނެ އެފަދަ ސޮފްޓްވެއަރތަކާއި، ވެބް އެޕްލިކޭޝަން އަދި ވެބްސައިޓްތައް ޑިޒައިންކޮށް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގައި އައި.ސީ.ޓީ ޕޮލިސީ އާއި އަދި ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ދޭންޖެހޭ ލަފާ ސޮފްޓްވެއަރ ޓީމަށް ދެމުން ގެންދިޔުން.
- ޝަރުޢީދާއިރާއަށް ގަންނަން ބޭނުންވާ އައި.ސީ.ޓީ އެންމެހާ އިކްއިޕްމަންޓުތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުކޮށް ޗެކުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުން އައި.ސީ.ޓީއާ ބެހޭގޮތުން ހުށަހެޅޭ އެކިއެކި ކަންތައްތައް ބަލައި ހައްލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ނެޓްވަރކަށް އެކްސެސް ދެވޭ ޔޫޒަރަސްތަކުގެ މޫވްމަންޓް މޮނިޓަރކޮށް، ޤަވާޢިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޑިޕާޓްމަންޓާއި ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރތަކާއި އެންޓިވައިރަސްއަޅައި ބެލެހެއްޓުމާއި، ހޯދަންޖެހޭ ލައިސަންސްތައް ހޯދުމުގެ އިންތިޡާމް ހަމަޖެއްސުން.
- ޝަރުޢީ ދާޢިރާއާއި ގުޅުންހުރި ކަންކަމުގައި އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއި، އައިޓީއާގުޅޭ އެހެނިހެން މަސައްކަތްތައް ރާވާހިންގުން.
- ޝަރުއީދާއިރާގެ މުވައްޒަފުން ޒަމާނީ ޓެކްނޮލޮޖީއަށާއި، ޝަރުއީދާއިރާގެ ބޭނުމަށް ބޭނުންކުރާ އެކިއެކި ސޮފްޓްވެއަރތަކަށާއި، އެޕްލިކޭޝަންތަކަށް އަހުލުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ޝަރުއީދާއިރާގެ އައިސިޓީ އިންފްރަރސްޓްރަކްޗަރ ހަރުދަނާކުރެވިދާނެ ގޮތްތަކާއި، އަދި މިހާރުހުރި ދަތިތައް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ސަމާލުކަމަށް ގެނެސް، އެފަދަ ކަކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ޚިޔާލައި، މަޝްވަރާ ދިނުން.
- ނެޓްވަރކް މެނޭޖްމަންޓާއި، ސޮފްޓްވެއަރ ޓީމުގެ މަސައްކަތް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
|
މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް
|
- First level Scrum Master Certification (CSM, PSM I).
- A minimum of a master’s in information technology or computer science.
- Proven experience as CIO or similar managerial role.
- Excellent knowledge of IT systems and infrastructure.
- Experience with Software Containerization Platform (Docker).
- Experience with Container Orchestration tool (Kubernetes).
- Experience being in the Scrum Master role for at least 1 year for a software development team that was diligently applying Scrum principles, practices, and theory.
- Solid understanding of data analysis, budgeting and business operations.
- Superior analytical and problem-solving capabilities.
- A strong strategic and business mindset.
- Excellent organizational and leadership skills.
- Outstanding communication and interpersonal abilities.
- Knowledge of other Agile approaches (Scrum, Kanban, etc), is desirable.
- Experience with Object storage service is desirable.
- Fluency in written and spoken Dhivehi & English is required
|
ތަޢުލީމީ ރޮނގު
|
ކޮމްޕިއުޓަރ ސައިންސް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
އިންފޮމޭޝަން ޓެކްނޮލޮޖީ، ނެޓްވަރކް ސެކިއުރިޓީ މެނޭޖްމަންޓް، ސޮފްޓްވެއަރ ޑިވެލްޕްމަންޓް، ސިސްޓަމް އެޑްމިނިސްޓްރޭޝަން
|
މަޤާމަށް ބޭނުންވާ ޚާއްސަ ސެޓްފިކެޓް
|
- Master’s in information technology or computer science.
- First level Scrum Master Certification.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2021 މާރިޗު 04 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭވޭނެ ކަންތައްތައް
|
- އައިޓީ ސިސްޓަމްސްތައް ޑިޒައިންކޮށް، ޑިވެލޮޕްކުރުމުގެ ބެކްގުރައުންޑް ހުރި ފަރާތަކަށްވުން.
- އައިޓީ ވަޞީލަތްތަކާއި، އައިޓީ އިންފްރަރސްޓްރަކްޗަރގެ ފުރިހަމަ މަޢުލޫމާތު ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މަލްޓި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
- ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
- ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު ހުރި ފަރާތަކަށްވުން.
- މައްސަލަތައް ޙައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
- މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
|