ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2021/41
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:04
ސުންގަޑި: 04 މާރިޗު 2021 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ނެޓްވަރކް އިންޖިނިއަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2021/41

ތާރީޚް:  22 ފެބުރުވަރީ 2021

މަޤާމު

ސީނިއަރ ނެޓްވަރކް އިންޖިނިއަރ

ރޭންކް: އެމް.އެސް 3

ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/3,517.5 (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް:  -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ6  ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • އަ.އި.ޓީ އާގުޅޭގޮތުން ޝަރުޢީ ކޯޓުތަކާއި، އިދާރާތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި ވީޑިއޯ ކޮންފަރެންސް އާއި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްކުރުމާއި ސިއްރުހެކި ނެގުމާއި އަދި ބޭނުންވާ ޑޭޓާ ރައްކާތެރިކަމާއި އެކު ރިކޯޑްކޮށް ރައްކާކުރުމަށްޓަކައި ބޭނުންވާ އައި.ސީ.ޓީ ވަސީލަތްތައް  ޤާއިމްކޮށް މެއިންޓެއިންކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  • ނެޓްވަރަކަށް ދިމާވެދާނެ ޓެކްނިކަލް މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރުމަށްޓަކައި ބެކައަޕް ޕްލޭނެއް ނުވަތަ ޑިސާސްޓަރ ރިކަވަރީ ޕްލޭނެއް އެކުލަވާލައި، ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ކޯޓުތަކާއި އިދާރާތަކުން އައިޓީ އާއި ގުޅުންހުރި ކަންކަމުގައި ލިބޭ ޝަކުވާތައް އެއްނިޒާމެއްގެ ތެރެއިން ބަލައިގަނެ، އެމައްސަލަތަކަށް ފަސޭހަކަމާއި، އަވަސްކަމާއެކު ހައްލު ހޯދިދާނެ ގޮތްތައް ބަލައި އެފަދަ ނިޒާމެއް ޤާޢިމުކޮށް މައްސަލަތަކަށް ވަގުތުން ހައްލު ހޯދަ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޑިޕާޓްމަންޓާއި، ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ ސާމާނުތައް އައިޑެންޓިފައިކޮށް، އެތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތައް މެދުވެރިކޮށް ކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޝަރުޢީ ކޯޓުތަކައި އިދާރާތަކުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަތައް ދަނެގަނެ ޙައްލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އީ-ގަވަރމެންޓްގެ ޔޫޒަރސްތައް މެނޭޖް ކުރުން.
  • ޑިޕާޓްމަންޓާއި ޝަރުޢީދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ސާވަރތަކުގެ ޕްރޮސީޖާރ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ ނެޓްވަރަކަށާއި، ސަރަވަރަތަކަށް ދިމާވާ މައްސަލަތައް ދަނެގަނެ ޙައްލުކުރުމާއި، އެތަކެތި މެއިންޓެއިންކޮށް އަޕްގްރޭޑްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓްގެ ސާވާތަކާއި ޕްރޮކްސީތައް މެއިންޓެންކޮށް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގެ ޑޭޓާ ސެކިއުރިޓީ އާއި، ނެޓްވަރކް ސެކިއުރިޓީ ކަށަވަރުކުރުމަށް ހަދަންޖެހޭ އެކއެކި ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
  • ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ރަސްމީ އީ-މެއިލް އެޑްރެސްތައް އައި.ސީ.ޓީ ޕޮލިސީއާއި އެއްގޮތައް ކްރިއޭޓްކޮށް އީ-މެއިލް ސެންޑް ކުރުމާއި ރިސީވް ކުރުމުގެ ކަންތައް ރަނގަޅަށް ހިނގާތޯ ބެލުން.
  • ޝަރުއީދާއިރާގެ އައިޓީ ވަޞިލަތްތަކަށް ބޭނުންވާ ލައިސަންސްތައް ޤަވާޢިދުން މޮނިޓަރކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރ ފަދަ ތަކެތި އިންސްޓޯލްކުރުމާއި ޓްރަބަލްޝޫޓްކޮށް މެއިންޓެއިން ކުރުމުގެމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
  • ޑިޕާޓްމަންޓް އަދި ޖުޑިޝަރީގެ މައި ނެޓްވޯރކަށް ދިމާވާ މައްސަލަތައް   ޙައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
  • ޑިޕާޓްމަންޓްގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކުކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ސަރވިސް ޕްރޮވައިޑަރގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން އަދި ހައްލުވިކަން ކޯޓްތަކަށް އެންގުން
  • ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން. 
  • ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި އެޓެންޑެންސް، ޑޯއެކްސެސް މެޝިން  އަދި ކެމެރާ ސިސްޓަމް ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ކަނޑައެޅޭ ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި، މަރާމާތުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • މެޖިސްޓްރޭޓް ކޯޓުތަކުން ޑިޕާޓްމަންޓަށް މަރާމާތުކުރުމަށް ފޮނުވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި ސްކޭނަރއާއި ފޯނު ފަދަ ތަކެތި މަރާމާތުކުރުމުގެ ކަންކަން ޕްރޮކިއުމަންޓް ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ނީލަމަށް ފޮނުވަންޖެހޭ އައި.ސީ.ޓީ ތަކެތި ޕޮރޮކިއުމަންޓް ސެކުޝަނާއި ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ނެޓްވަރަކް މެނޭޖްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ޒަމާނީ ޓެކްނޮލަޖިއަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ އެކިއެކި ޓްރެއިނިންގތައް ކުރިއަށް ގެންދިއުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެކްޝަނުގެ މަސައްކަތާގުޅޭގޮތުން އަންނަ ސިޓީ، މެސެޖް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖްފަދަ ތަކެތި ފޮނުވުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް

  • NSE 4 certification or minimum 2 years experience in FortiGate Infrastructure with Cisco certification.
  • Bachelor degree or Higher in Information Technology related field of study with a network engineering focus.
  • Strong understanding of corporate network infrastructure, network hardware and core IT infrastructure servers.
  • Ability to think through problems and visualize solutions.
  • Ability to implement, administer, and troubleshoot network infrastructure devices, including wireless access points, firewall, routers, switches, and controllers.
  • Knowledge of application transport and network infrastructure protocols.
  • Ability to create accurate network diagrams and documentation for design and planning network communication systems.
  • Provides specific detailed information for hardware and software selection.
  • Ability to quickly learn new or unfamiliar technology and products using documentation and internet resources.
  • Ability to work with all levels of staff within and outside of IT and outside the organization.
  • Good analytical and problem-solving skills.
  • Understanding of firewalls, proxies, SIEM, antivirus, and IDPS concepts.
  • Ability to identify and mitigate network vulnerabilities and explain how to avoid them.
  • Experience with Windows, Linux and Unix operation systems
  • Minimum 2 Years experience with Setup, Configure, Manage, VMWare ESX/ESXi, vSphere
  • Minimum 2 Years Experience troubleshooting and tuning VMware ESXi hosts/servers;
  • Experience in designing ROBO networks across geographically isolated offices.
  • Project management
  • Experience with Software Containerization Platform is desirable (Docker) 
  • Experience with Container Orchestration tool is desirable (Kubernetes)

ތަޢުލީމީ ރޮނގު

  • ކޮމްޕިއުޓަރ ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮޖަލީ، ނެޓްވަރކް ސެކިއުރިޓީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ސިސްޓަމް އިންޖިނީރިންގ.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 

ސުންގަޑި

2021 މާރިޗު 04 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·     މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ނެޓްވަރކް އިންޖިނީރިންގ ގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް، ނެޓްވަރކަށް ދިމާވާ މައްޞަލަތައް އެނަލައިޒްކޮށް ހައްލުކުރުމުގެ މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ފްލެކްސިބްލްކޮށް މަސައްކަތް ކުރެވޭނެ ފަރާތަކށްވުން.
  •  
  • ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރެވޭނެ ފަރާތަކަށްވުން.
  • ތަފާތު ހާލަތްތަކުގައި، ތަފާތު މިޒާޖުގެ  މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން. 
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.

 

22 ފެބުރުވަރީ 2021