ބީލަން
ނަންބަރު: (IUL)389/389/2021/12
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 04 މާރިޗު 2021 13:30
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުންގެ ހިއުމަންރިސޯސް މަސައްކަތްތައް ކުރުމަށް އެޕްލިކޭޝަން އެއް ހޯދުން

ޕްރޮޖެކްޓް ނަންބަރ PC-389/2021/W-03

  

މި ކައުންސިލް އިދާރާ މުވައްޒަފުންގެ ހިއުމަންރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކޭޝަންއެއް، 5 އަހަރުމުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި އެޕްލިކޭޝަން ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 މާރިޗް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާގެ [email protected] އީމެއިލް އެޑްރެހަށް ރިކުއެސްޓް ފޮނުއްވައި ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓަރީކުރެއްވުމަށް ބޭނުންކުރާނޭ ފޯމް ގެޒެޓުންނާއި މި އިދާރާއިން ލިބެން ހުންނާނެއެވެ.

މި އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ރަޖިސްޓަރީކުރުމަށް ހުޅުވާލާ މުއްދަތުގައި ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބިޑް ހުށަހެޅުން އޮންނާނީ 04 މާރިޗް 2021 ގެ 13:30 ގައި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

22 ފެބުރުވަރީ 2021