ދިވެހިރާއްޖެ
| 
 އިޢުލާނު 
  | 
|||||||||||||||||||||||||||||||||||||
| 
 މަޤާމު:  | 
 ފައިނޭންސް އޮފިސަރ  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-331992  | 
||||||||||||||||||||||||||||||||||||
| 
 ބޭނުންވާ އަދަދު:  | 
 01  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ރޭންކު:  | 
 އެމް. އެސް. 1  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
||||||||||||||||||||||||||||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ / ހދ.ކުމުންދޫ / ކޯޕަރޭޓް އެފެއާޒް ޔުނިޓް  | 
||||||||||||||||||||||||||||||||||||
| 
 މުސާރަ:  | 
 5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)  | 
||||||||||||||||||||||||||||||||||||
| 
 ސަރވިސް އެލަވަންސް:  | 
 2000.00 ރުފިޔާ ( ދެހާސް ރުފިޔާ)  | 
||||||||||||||||||||||||||||||||||||
| 
 އެހެނިހެން އެލަވަންސް:  | 
  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 10. މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާއިން ތައްޔާރު ކުރަންޖެހޭ މާލީ ރިޕޯޓް ، މާރޗް މަސް ނިމުމުގެކުރިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށާއި އެލް.ޖީ.އޭ އަށް ފޮނުވުމާއި ކައުންސިލްގެ ހުރިހާ އެކައުންޓްތަކަކުން ފާއިތުވި މަހު ލިބުނު އާމްދަނީ އަދި ކުރެވުނު ޚަރަދުގެ ރިޕޯޓް ، ހިނގާ މަހުގެ 10 ގެ ކުރިން ނިންމެވުން 11. ކައުންސިލަށް އާމްދަނީ ލިބެންޖެހޭ ތަންތަނުގެ ޞައްހަ ރަޖިސްޓްރީއެއް އެކުލަވާލައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކައުންސިލަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން 12. ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން އެގްރީމެންޓާ އެއްގޮތަށް ކުލި ލިބެމުންދޭތޯ ބަލައި ކުލި ނުދައްކާ ފަރާތްތަކުން ކުލި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 13. ކައުންސިލަށް ބަލައިގަންނަ ފައިސާ ޤަވާޢިދުން ބޭންކަށް ޖަމާވަމުންދޭތޯ ޔަޤީންކުރުމާއި ކައުންސިލްގެ ބަޖެޓް މެނޭޖްކޮށް ބެލެހެއްޓުމާއި ކައުންސިލްގެ ހުރިހާ އެކައުންޓެއް ރިކޮންސައިލްކޮށް ބެލެންސް ކުރުން 14. ފިތުރު ޒަކާތް ބަލައިގަތުމާއި ފިތުރު އަދި މުދަލު ޒަކާތް ބެހުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން 15. ބަޖެޓް އެންޑް ފައިނޭންސް ޝެކްޝަންއަށް ފޮނުވާ ސިޓީ އަދި މެސެޖްތަކަށް ޖާވާބު ތައްޔާރު ކުރުމާއި ޝެކްޝަންއިން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން އަދި ފައިސާ އަދި ބަޖެޓާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އިލެކްޓްރޯނިކްކޮށް ބެކްއަޕްކޮށް ފައިލް ކުރުން 16. ފިތުރު ޒަކާތް ބަލައިގަތުމާއި ފިތުރު އަދި މުދަލު ޒަކާތް ބެހުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން 17. ކައުންސިލުން ބަޖެޓް ބަލަހައްޓާ އެހެނިހެން އިދާރާކުގެ ފައިނޭންޝަލް ހިންގުން މޮނިޓަރ ކުރުމާއި އެހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ ގަވައިދާއި އުސޫލުތަކުގެ ތެރެއިން ރައްދު ކުރުމާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ހިންގައި އެންމެހާ ތަންތަނުގެ ބަޖެޓް ހޯދުމުގެ މަސައްކަތްކޮށް ބަޖެޓް މެނޭޖް ކުރުން 18. އިދާރާގެ އެހެން ޔުނިޓެއްގެ މުވައްޒިފެއްނެތިގެން އިދާރާގެ ހިންގުމަށް ދަތިވާ ހާލަތްތަކުގައި އިދާރާގެ އެހެން ޔުނިޓްތަކުގެ މަސައްކަތް އިދާރާއިން އަންގާގޮތެއްގެމަތިން ކުރުން.  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޚާޟިލްކޮށްފައިވުން.  | 
||||||||||||||||||||||||||||||||||||
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް:  | 
  | 
||||||||||||||||||||||||||||||||||||
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް :  | 
 
  | 
||||||||||||||||||||||||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން  | 
||||||||||||||||||||||||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 
  | 
||||||||||||||||||||||||||||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  | 
||||||||||||||||||||||||||||||||||||
| 
 ޝޯޓްލިސްޓްކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. 
  | 
||||||||||||||||||||||||||||||||||||
| 
 އިންޓަރވިއު / ޕްރެކްޓިކަލްއިންތިހާނު އޮންނާނެ މުއްދަތާއި ތަން :  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޓިކަލް އިމްތިޙާނު އޮންނާނީ 08 މާރިޗް 2021 އާއި 18 މާރިޗް 2021 އާއި ދެމެދު ، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލް އިދާރާގައެވެ  | 
||||||||||||||||||||||||||||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
||||||||||||||||||||||||||||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520034 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
|||||||||||||||||||||||||||||||||||||
22 ފެބްރުވަރީ 2021