ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2021/25
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 02 މާރިޗު 2021 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާރޗް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ރިސާރޗް އެސިސްޓެންޓް

ބޭނުންވާ ޢަދަދު: 1

ޕްރޮގްރާމް ގެ ނަން:

A National Survey on views and attitudes towards radicalization, terrorism and extremism among higher secondary school and university students in Maldives

ޕްރޮގުރާމުގެ ތަޢާރަފާއި މަގްސަދު:

މި ދިރާސާއަކީ ދިވެހި މުޖުތަމަޢުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި އުފެދިފައިވާ ދީނީ އަޤީދާއާއި ގުޅޭ މައްސަލަތަކާއި ބެހޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދެވޭ ދިރާސާއެކެވެ. މިގޮތުން ދީނީގޮތުން ހައްުފަހަނަޅައި ދިޔުމާއި އަނިޔާވެރިކަމާއި ހަރުކަށި ފިކުރު އާންމުވުމުގެ ސަބަބުން ޒުވާނުން ޖިހާދުގެ ނަމުގައި ސީރިއާ ފަދަ ހަނގުރާމައިގެ މައިދާންތަކަށް ދިޔުންފަދަ ހާދިސާތަކަށް މިދިރާގައި އަލިއަޅުވާލެވިފައި ވާނެއެވެ. މި މައްސަލައަށް އެންމެ އެކަށީގެންވާ ހައްލު ހޯދުމައްޓަކައި އަދި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޒުވާނުންގެ މިޒާޖާއި، ދީނީގޮތުން ހައްދުފަހަނަޅައި ދިޔުމާއި އަދި ޓެރެރިޒަމްއާއި މެދު ދެކޭގޮތް ބެލުމަކީ މިކަމުގައި އެންމެ މުހިންމު އެއްކަމެވެ.

މީގެ ސަބަބުން ޒުވާނުންގެ ވިސްނުމާއި ފިކުރު ހުރިނެތްގޮތް ވަޒަންކުރެވި، އޭގެ ނަތީޖާއެއްގެގޮތުން ޤައުމީ ފެންވަރެއްގައި މި މައްސަލައަށް، ސަމާލުކަންދޭންޖެހޭ މިންވަރަށް  ސަމާލުކަންދެވި، ދިވެހި މުޖުތަމަޢުތެރޭގައި މި މައްސަލަކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

ބަސް:

ދިވެހި އަދި އިނގިރޭސި ދެބަހަށް ވެސް ފަރިތަވުން

މުއްދަތު:

ކޮންޓްރެކްޓު ފެށޭ ތާރީޚުން ފެށިގެން 8 މަސް ދުވަހަށް

މުސާރަ

ކޮންމެ މަހަކު -/3000  (ތިންހާސް ރުފިޔާ)

މަގާމަށް ހޮވޭ ފަރާތާއި އައި.ޔޫ.އެމް ރިސާރޗު ޓީމާދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައިވާ ގަވާއިދުގެ ދަށުން މުވައްޒަފަށް މަހުން މަހަށް މުސާރަދެވޭނެއެވެ.

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ޝަރްޠުތައް:

-   ސޯޝަލް ސައިންސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮއްފައިވުން (އެކްރެޑިޓުކުރެވިފައިވާ ސެޓްފިކެޓް)

-   ރިސާރޗްތައް ކުރިޔަށް ގެންދެވުމަށް ތަޖުރިބާ ލިބިފައި ވުން

-   އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވުން ( މައިކްރޯސޮފްޓު ވޯޑު، އެކްސެލް، އީމެއިލް އަދި އިންޓަރނެޓް)

މަޤާމަށް ބޭނުންވާ ހުނަރު:

-  މުޢާމަލާތްކުރުމަށް ފަރިތަވުން

-  ރާވައި ހިންގުމުގެ ޤާބިލުކަން

-  އިންޓާރވިއުކުރުމުގެ ގާބިލުކަން

-  ކްރިޓިކަލް ތިންކިންގ

-  ޓެކްނިކަލް ސްކިލްސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

  • ރިސާރޗް އާއި ގުޅޭ ޑޭޓާތަށް ހޯދައި އިވަލުއޭޓް ކުރުން
  • އިންޓަރވިއު ސުވާލުތަށް ތައްޔާރުކުރުން
  • ރިސާރޗު ޓީމަށް ބޭނުންވާ ޑޭޓާތަކަށް އެކްސެސް ދިނުން
  • ޕްރޮޖެކްޓުތަކުގެ ރިޒަލްޓުތަށް ސަމަރައިޒް ކުރުން
  • ޕްރޮޖެކްޓާއި ގުޅޭ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން
  • ބޭނުންވެޖެ ހިނދެއްގައި ރިސާރޗް ޓީމާއެކު ފީލްޑަށް ގޮސް ޑޭޓާ ކަލެކްޓުކުރުން
  • އިންޓަރަވިއު ޝެޑިއުލް ތައްޔާރުކޮށް ޕްރޮޖެކްޓުގެ  އޮބްޖެކްޓިވްސް ތަފްސީލުކުރުން.
  • ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން ފޭސް ޓު ފޭސްކޮށް އަދި ފޯނުން ކުރެވޭ އިންޓަރވިއުތަށް ރިކޯޑުކުރުން
  • ޑޭޓާތަށް ރިވިއުކޮށް އިސްލާހު ގެންނަން ޖެހޭބައިތަކަށް އިސްލާހުގެނައުމާއި އިންޓަރވިއު ކުރެވޭ ފަރާތްތަކާ ގުޅާއިގެން ޑޭޓާތަކަށް ގުޅޭ މައްސަލަތަށް ހައްލުކުރުން
  • ޕްރޮޖެކްޓާއި ގުޅިގެން ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން
  • ޕަބްލިކޭޝަންތަކަށް ކޮންޓްރިބިއުޓުކޮށް ޑޭޓާ މެނޭޖްކުރުމުގައި އެހީތެރިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ވަޒީފާއަށް ޝައުގުވެރިކަންފާޅުކުރާކަމުގެ ލިޔުމެއް
  • މުވައްފުގެ ވަނަވަރު
  • މަސައްކަތާ ގުޅޭދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ތަޢުލީމު ދައްކުވައިދޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
    ium.to/jobs
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 2 މާރިޗު 2021  ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2 މާރިޗު 2021  އިން 31 މާރިޗު 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022110ނަންބަރު ފޯނާއެވެ.
22 ފެބުރުވަރީ 2021