ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2021/24
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 02 މާރިޗު 2021 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ބޭނުންވާ ޢަދަދު: 1

ބަސް:

ދިވެހި އަދި އިނގިރޭސި ދެބަހަށް ވެސް ފަރިތަވުން

މުއްދަތު:

ކޮންޓްރެކްޓު ފެށޭ ތާރީޚުން ފެށިގެން 7 މަސް ދުވަސް (މާރިޗު 2021 އިން ސެޕްޓެންބަރ 2021 އަށް)

މުސާރަ

ކޮންމެ މަހަކު -/2000 (ދެހާސް ރުފިޔާ)

މަގާމަށް ހޮވޭ ފަރާތާއި އައި.ޔޫ.އެމް ރިސާރޗު ޓީމާދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައިވާ ގަވާއިދުގެ ދަށުން މުވައްޒަފަށް މަހުން މަހަށް މުސާރަދެވޭނެއެވެ.

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ޝަރްޠުތައް:

- އޭ ލެވެލް ނުވަތަ އެ ލެވެލްއަށްވުރެން މަތީ ސަނަދެއް ހާސިލުކޮއްފައިވުން

- މަސައްކަތާ ގުޅޭދާއިރާއަކުން ތަޖުރިބާ ލިބިފައި ވުން

- އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވުން ( މައިކްރޯސޮފްޓު ވޯޑު، އެކްސެލް، އީމެއިލް އަދި އިންޓަރނެޓް)

މަޤާމަށް ބޭނުންވާ ހުނަރު:

-  އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ނުވަތަ އޮފީސް އެޑްމިން އެސިސްޓެންޓު މަގާމުން ތަޖުރިބާ ލިބިފައިވުން

-  އޮފީސް މެނޭޖްމަންޓު ސިސްޓަމަށް އަހުލުވެރިވެފައިވާ މިންވަރު.

-  އޮފީސް މެޝިނަރީޒްތަކަށް އަހުލުވެރިވުން (ޕްރިންޓަރ، ކޮމްޕިއުޓަރ)

-  މައިކްރޯސޮފްޓު އޮފީސް ޕެކޭޖަށް ފުރިހަމަޔަށް އަހުލުވެރިވެފައި ވުން

-  ކަނޑައެޅޭ މުއްދަތުތަކާއި ވަގުތުތަކަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން

-   ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން

މަސައްކަތުގެ ތަފްސީލް

-   މި އެސައިންމެންޓުގެ ބޭނުމަކީ އައި.ޔޫ.އެމް އިން ކުރިޔަށް ގެންދާ ދެ ރިސާރޗު ޕޮރޮޖެކްޓްގައި އެހީތެރިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ފޯނުކޯލްތަކަށް ޖަވާބުދިނުން
  • ރިސާރޗް އާއި ގުޅޭ ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަށް ހަމަޖެއްސުން
  • މީޓިންގްތައް ރާވައި ދުވަހުންދުވަހަށް އެ މީޓިންގްތަކުގެ ޔައުމިއްޔާ ލިޔުން
  • މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ސިޓީ، މެމޯ، ފެކްސް އަދި ފޯމުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • ދުވަހުން ދުވަހަށް ރިޕޯޓުތައް ނިންމުން
  • ކޮންޓްކްޓު ލިސްޓު ބެލެހެއްޓުން
  • މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަށް ރާވައި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ޕްރޮޖެކްޓާއި ގުޅޭ ބަޖެޓު ބަލަހައްޓައި ޕޭމަންޓް ރިކްވެސްތައް ތައްޔާރުކުރުމާއެކު ރިކޮންސައިލް އެކްސްޕެނސް ރިޕޯޓު ތައްޔާރު ކުރުން.
  • ރިސާޗާއި ގުޅޭ ޑޭޓާތައް ބެލެހެއްޓުން
  • ޕްރޮގްރެސް ރިޕޯޓު ތައްޔާރު ކުރުން
  • ރިސާރޗު ޓީމުން އޮތޮރައިޒް ލިބިފައިވާ ފަރާތްތަކަށް އެކްސެސް ދިނުން
  • ޕްރޮޖެކްޓުތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން
  • ބޭނުންވެއްޖެ ހިނދެއްގައި ރިސާރޗް ޓީމާއެކު ފީލްޑަށް ދިޔުން
  • ޕްރޮޖެކްޓު މީޓިންގްތަކަށް ދިޔުން
  • ރިސާރޗު ޕާރޓިސިޕެންޓުންނަށް ފޮލޯއަޕްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ވަޒީފާއަށް ޝައުގުވެރިކަންފާޅުކުރާކަމުގެ ލިޔުމެއް
  • މުވައްފުގެ ވަނަވަރު
  • މަސައްކަތާ ގުޅޭދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ތަޢުލީމު ދައްކުވައިދޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
    ium.to/jobs
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 2 މާރިޗު 2021  ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ  2 މާރިޗު 2021  އިން 31 މާރިޗު 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022110ނަންބަރު ފޯނާއެވެ.

 

22 ފެބުރުވަރީ 2021