ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2021/12
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 03 މާރިޗު 2021 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާލީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން

މާލީ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން

                   

އިއުލާން ނަންބަރު:  IUMH-AD/I/2021/12

އިޢުލާން

 

މިކުންފުނީގެ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކޮށްދޭނެ އެކްސްޓަރނަލް އޮޑިޓަރެއް ބޭނުންވެއެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 03 މަރޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ މެއިލްގައި ސިޓީގެ އިތުރުން ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކްޓް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އެޓޭޗް ކުރަންވާނެއެވެ. ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ނުފޮނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00–09:00 ދެމެދު 3022161 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 ފެބްރުއަރީ 2021

22 ފެބުރުވަރީ 2021