ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2021/42
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 03 މާރިޗު 2021 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2021/42

ތާރީޚް: 21 ފެބުރުވަރީ 2021

މަޤާމު

ސީނިއަރ ލީގަލް އޮފިސަރ

ރޭންކް: JS14-2

ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ލީގަލް އޮފިސަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/9,744 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/6,333.60 (އަސާސީ މުސާރައިގެ %65)
  • ސަރވިސް އެލަވަންސް: -/3,000
  • ލިވިންގ އެލަވަންސް:  -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައި ވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ،
  2. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް

 

 

 

 

 

 

 

 

 

 

 

 

 

  • އެކިއެކި ޤާނޫނީ މައްސަލަތަކާއި މަފްހޫމުތަކާއި މައުޟޫއުތަކާ ބެހޭގޮތުން ޤާނޫނީ ދިރާސާ ކުރުމާއި،ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެމަޢުލޫމާތު އާއްމުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯޓުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްގެން، ޤާނޫނީ ގޮތުން ވިސްނަންޖެހޭ ނުކުތާތައް ފާހަގަކޮށް، އެކަންކަމާ ބެހޭގޮތުން އެކިއެކި ހަރަކާތްތައް ހިންގާ، ހޭލުންތެރިކުރުމުގެ މަޝްރޫއުތައް ފަރުމާކޮށް ހިންގުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޗެކްކުރުމާއި، އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެއްވެސް ސެކްޝަނަކަށް ޤާނޫނީ ލަފައެއް ނުވަތަ އިރުޝާދެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ދިމާވެފައިވާ މައްސަލަ ފުރިހަމައަށް ދިރާސާކޮށް، ލަފަޔާއި އިރުޝާދު ދިނުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދާއި، އެހެނިހެންވެސް ޝަރުޢީދާއިރާގައި ހެދިފައިހުރި އެފަދަ ޤަވާޢިދުތަކާއި އުޞޫލުތައް ދިރާސާކޮށް، އެޤަވާޢިދުތަކާއި އުޞޫލުތަކަށް އިސްލާހެއް ގެންނަންޖެހޭ ހާލަތްތަކުގައި އެކަމާގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި، އިސްލާހް ޑްރާފްޓްކުރުން ފަދަ މަސައްކަތްތައް ކުރުން.
  • އެކިއެކި ޤާނޫނުތަކާއި، ޤަވަޢިދުތައް ދިރާސާކޮށް، އެފަދަ ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭގޮތުން ޑިޕާޓްމަންޓުގެ އިދާރީ ބޭފުޅުންނަށް މަޢުލޫމާތު ދިނުމާއި ތާޒާ ކުރުމުގެ ބުރުތައް ރާވައި ހިންގުމުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް ފަރާތަކާ ދެމެދު ޤާނޫނީ އަދި ޝަރުޢީ ޚުސޫމަތެއް އުފެދިއްޖެ ކޮންމެ ހިނދެއްގައި، އެ ޚުސޫމަތަކާ  މެދު ޑިޕާޓްމަންޓުން އަމަލުކުރަންވީ ގޮތަކީ ކޮބައިކަމާއި، އެ ޚުސޫމަތަކާ ގުޅިގެން ޑިޕާޓްމަންޓުން އުފުލަންޖެހޭ ޤާނޫނީ ޒިންމާތަކަކީ ކޮބައިކަމާއި، ޑިޕާޓްމަންޓަށް ލިބޭ ޤާނޫނީ ޙައްޤުތަކާއި އިޚްތިޔާރުތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް، އެކަމުގައި ޑިޕާޓްމަންޓަށް ޤާނޫނީ ލަފާ ދިނުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިއަށްދާއިރު، އެމައްސަލާގައި ޑިޕާޓްމަންޓު ތަމްސީލުކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި ޖަވާބުދާރީވުން.
  • ފަނޑިޔާރުންނާއި، ޝަރުޢީދާއިރާގެ މުވައްޒަފުން ތަމްރީން ކުރުމަށް، ޖުޑީޝަލް އެކަޑަމީން ބާއްވާ ޕްރޮގްރާމްތަކުގައި ސެޝަން ނަގައި ދިނުމާއި، އެކިއެކި  ސެމިނަރ، މަހާސިންތާ ތަކަށް ބޭނުންވާ ޤާނޫނީ އަދި އިންތިޒާމީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އައު ޤާނޫނުތައް ހެދުމަށްޓަކައި ތަޢާރަފްކުރެވޭ ބިލުތައް ދިރާސާކުރުމާއި، އޭގެ ތެރެއިން ޝަރުޢީދާއިރާއާ ގުޅުން ހުރި ބިލުތައް ފާހަގަކޮށް، އެބިލުތަކާ ބެހޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ލަފާދިނުން.
  • ޝަރުޢީ ކޯޓުތަކުގެ ހުކުމްތައް އެހެން ބަހަކަށް ތަރުޖަމާ ކުރަންޖެހިއްޖެ ޙާލަތެއްގައި ތަރުޖަމާކުރުމުގެ މަސައްކަތް ކުރުމާއި، އެފަދަ އިންތިޒާމްތައް ހަމަޖެއްސުން.
  • ކޯޓުތަކުގެ ޝަރުއީ / އިދާރީ ކަންކަމާއި ގުޅުންހުރި ކަންތައްތަކުގައި ޢާއްމު ރައްޔިތުން ހުށަހަޅުއްވާ ޝަކުވާތަކަށް ޖަވާބުދާރީވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޤާނޫނުތަކާއި ޤަވާޢިދުތަކުން ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް މަތި ކުރާ ޒިންމާތައް، ކޯޓުތަކުންނާއި އިދާރާތަކުން އަދާ ކުރާ މިންވާރާއި، އެ ޒިންމާތައް އަދާ ކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ބެހޭ މަޢުލޫމާތު ހޯދައި ކަމާ ގުޅުން ހުރި އިދާރާތަކާ އެ މަޢުލޫމާތު ޙިއްސާ ކުރުން.
  • އަލަށް ތަސްދީޤު ކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުތަކުންނާއި، ޖުޑީޝަލް އެކެޑަމީން އަދި ޑިޕާޓްމަންޓުން ހަޖައްސަންޖެހޭ އިންތިޒާމްތަކާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ރޯލް-އައުޓް ޕްލޭން ތައްޔާރުކޮށް ކުރިއަށްދާ މިންވަރު ބެލުން.
  • އަލަށް ތަސްދީޤު ކުރެވޭ ޤާނޫނުތައް ތަންފީޒު ކުރުމަށްޓަކައި ޝަރުޢީދާއިރާގެ ފަރާތުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވާލުން.
  • އަލަށް ތަސްދީޤު ކުރެވޭ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުސޫލުތަކާއި ބެހޭ މަޢުލޫމާތު ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ފޯރުކޮށް ދިނުން.
  • ޝަރުޢީދާއިރާއަށް ބޭނުންވާ ޕްރޮޖެކްޓްތަކާއި މަސައްކަތްތައް އައުޓް ސޯސްކޮށްގެން ކުރިޔަށް ގެންދިއުމާގުޅޭ އެގްރިމެންޓް ހެދުން ނުވަތަ އެފަދަ އެގްރިމެންޓުތަކުގެ ޤާނޫނީ ސައްޙަކަން ކަށަވަރު ކުރުން.
  • ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ލަސްވެގެން ހުށަހެޅޭ ޝަކުވާތައް، އެ މައްސަލައެއް ބައްލަވުމުން ގެންދަވާ ކޯޓެއްގެ ސަމާލުކަމަށް ގެނެސް މައްސަލަ އަވަސްކުރުމަށްޓަކައި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، އުސޫލުތަކާއި، ސަރކިއުލަރތަކާއި ޢާއްމު ސިޓީ އަދި މި ނޫންވެސް ޝަރުޢީދާއިރާއާ ގުޅުން ހުރި އެންމެހައި މަޢުލޫމާތު ކޯޓުތަކާއި ޙިއްސާކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ޝަރުޢީދާއިރާއާ ގުޅުންހުރި މައްސަލަތަކަށް، ތަޙްޤީޤީ އިދާރާތަކުން ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންނާއި ގުޅިގެން މިޑިޕާޓްމަންޓަށް ހުށަހެޅޭ އެކިބާވަތުގެ މައްސަލަތަކުގެ ތެރެއިން ތަޙްޤީޤްކުރުމަށް ކަމާ ގުޅުންހުރި ސެކްޝަނަކުން ޙަވާލުކުރައްވާ މައްސަލަތައް ތަޙްޤީޤްކުރުން.
  • ޤާނޫނާއި ޤަވާޢިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ޢަމަލު ކުރާނެ ގޮތުގެ ލަފާއަކަށް ކޯޓުތަކުން އެދިއްޖެނަމަ، އެކަމުގެ ލަފާ ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޯޓުތަކަށް ދިނުން.
  • މަޢުޒޫނުންގެ ހުއްދަ ދިނުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަޢުޒޫނުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ކޯޓަށް ބޭނުންވާ ލަފާއާ އިރުޝާދު ދިނުން.
  • ޝަރުޢީ އަގުކޮމެޓީގެ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަގުކޮމިޓީއެއް ކަނޑައަޅަންޖެހޭ މައްސަލަތަކުގައި އެރަށަކުން އިއުލާން ކޮށްގެން އަގުކޮމިޓީއެއް ނުލިބިއްޖެނަމަ، އަގުކޮމިޓީއެއް ހޯދައިދިނުމުގެ މަސައްކަތް އިންތިޒާމުކޮށް ބެލެހެއްޓުން
  • ހަނދުބެލުމުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  • ތަރުޖަމާނުންގެ ދަފްތަރުތައް ކޯތުތަކުން ޤަވާޢިދުން އަޕްޑޭޓްކުރަމުން ދޭތޯ ބަލައި، ދަފްތަރު ކޮމްޕައިލްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާޢިމުކުރުމާއި، ކޯޓުތަކަށް ބޭނުންވާ ތަރުޖަމާނުން ހަމަޖެއްސުމުގެ މަސައްކަތް ޤަވާޢިދުން ކުރަމުންދޭތޯ ބެލުން.
  • ކޯޓުތަކަށް ޝަރުޢީ ވަފުދު ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • ޝަރުޢީ ކޯޓުތަކުގައި ބޭނުންކުރާ އެކިއެކި ލިޔުންތަކުގެ ފޯމެޓް އެއްގޮތް ކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް  ފޯމެޓަށް ގެންނަންޖެހޭ އިޞްލާޙުތައް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގެނައުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ކޯޓުތަކުގައި ބޭނުންކުރާ ކޭސް މެނޭޖްމަންޓް ސޮފްޓްވެރތައް ކޯޓުތަކުގައި ބޭނުންކުރަމުންދާ މިންވަރު ދަނެގަތުމާއި، ކޯޓުތަކުން ތާވަލް ކުރެވޭ މައްސަލަތަކުގެ ތާވަލު ވެބްސައިޓްގައި ޤަވާޢިދުން އަޕްޑޭޓްކުރަމުންދޭތޯ ބަލައި ޗެކްކުކުރުމާއި، އަދި ކޯޓުތަކުން ނިންމާ މައްސަލައިގެ ރިޕޯޓްތައް ވެބްސައިޓަށް އަޕްލޯޑްކުރަމުންދޭތޯ ބަލައި، އެކަމުގައި ކޯޓުތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

ތަޢުލީމީ ރޮނގު

  • ޝަރީޢަތާއި ޤާނޫނު

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޝަރީޢަތާއި ޤާނޫނޫ، ޝަރީއާ، ޤާނޫނު

މަޤާމަށް ބޭނުންވާ ޚާއްސަ ހުނަރުތައް

  • ދިވެހި އަދި އިނގިރޭސި (ޖެނަރަލް އަދި ލީގަލް އިނގްލިޝް) ބަހުން ފަރިތަކަމާއެކު އަނގަބަހުންނާއި، އަދި ޚާއްސަކޮށް ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރު.
  • މައިކްރޯ ސޮފްޓް އޮފިސް ޕެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރުމުގެ ހުނަރު.
  • ޕޮލިސީތަކާއި، ގައިޑްލައިންސްތައް ޑްރާފްޓްކޮށް، އެކުލަވާލުމުގެ ހުނަރު.
  • ޒަމާނީ ޓެކްނޮލިޖީތަކަށް އަހުލުވެރި، މީހުން ބިނާކުރުމުގެ ޤާބިލުން ހުރުން.
  • އިންޓަރޕަރސަނަލް ސްކިލްސް.
  • ދިމާވާ މައްސަލަތަކަށް ވިސްނުންތެރިކަމާއެކު ހައްލު ހޯދައިދިނުމުގެ ޤާބިލުކަން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރު މުއްދަތުގެ ޓްރޭނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ސުންގަޑި

2021 މާރިޗު 03 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވައި ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·     މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340853
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މަލްޓި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުޢީދާއިރާ ތަމްސީލް ކުރެވޭނެ ފަރާތަކަށްވުން.
  • އަމިއްލަ ޚިޔާލާއި، ވިސްނުމުގެ އަލީގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ޤާބިލިއްޔަތު ހުރި  ފަރާތަކަށްވުން.
  • މައްސަލަތައް ޙައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
21 ފެބުރުވަރީ 2021