ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/94/2013/24
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2013
ޕަބްލިޝްކުރި ގަޑި: 08:27
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަންގެ މަސައްކަތަށް ގެންނަ ބިދޭސީންގެ ކޯޓާއާބެހޭ

ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ކޮންސްޓްރަކްޝަންގެ މަސައްކަތަށް ބިދޭސީން ގެނައުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ މުޅި ޖުމުލަ 500 ކޯޓާ ކަމުގައި ދެންނެވީމެވެ.

އެހެންކަމުން، ރިސޯޓް ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން އެހެން ކުންފުންޏަކާ ހަވާލުކުރައްވާނަމަ، އެ ކުންފުންޏަކުން ނުވަތަ އެކުންފުނިން ސަބް ކޮންޓްރެކްޓަށް މަސައްކަތް ހަވާލުކުރާ ކުންފުނީގެ ފަރާތުން ރިސޯޓް ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަށް ގެންނަ ބިދޭސީންގެ ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް އާބެހޭ އެންމެހައި ކަންތައްތައް، ޖުމުލަ ކޯޓާގެ އަދަދު 500 އަށް ވުރެ ބޮޑުނުވާގޮތަށް އިންތިޒާމުކޮށް ބެއްލެވުމަކީ ރިސޯޓުގެ ވެރިފަރާތުން އެ މަސައްކަތެއް ހަވާލުކުރައްވާ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއްގެ ޒިންމާއެއް ކަމުގައި ދެންނެވީމެވެ.

 މިގޮތުން، އެކު ޖުމުލަ ދޫކުރެވޭނީ 500 ކޯޓާ ކަމަށްވާތީ 500 އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ވުރެ އިތުރުނުވާގޮތަށް ސައިޓުގެ އެންމެހައި މަސައްކަތަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނެއެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2013