މަސައްކަތް
ނަންބަރު: (IUL)337-C-AB/337/2021/16
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 04 މާރިޗު 2021 13:30
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ބީޗް އޭރިޔާގައި 5އޯޕަންޝަވަރ ހެދުމާއި 5ބާބަކިއު ގްރިލް ބަހައްޓާ އަށިގަނޑު ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

 (IUL)337-C-AB/337/2021/16 ނަންބަރ   

 

އިޢުލާން

 

ލޯކަލް ބީޗް އޭރިޔާގައި 5އޯޕަންޝަވަރ ހެދުމާއި 5ބާބަކިއު ގްރިލް ބަހައްޓާ އަށިގަނޑު ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މިއިދާރާގެ ނަންބަރު  (IUL)337-C-AB/337/2021/3(28 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކައުންސިލުން ތަރައްޤީކުރާ ލޯކަލް ބީޗް އޭރިޔާގައި ހަދާފައިވާ ހަޓްތަކުގެ ކައިރީގައި  5އޯޕަން ޝަވަރ އާއި 5 ބާބަކިއު ގްރިލް ބަހައްޓާ އަށިގަނޑު ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2021 ފެބްރުއަރީ 24 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި،

އަންދާސީ ހިސާބު ހުށަހެޅުން:

2021 މާރޗް 04 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް،

އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

 

09   ރަޖަބު   1442

21 ފެބްރުވަރީ  2021

 

21 ފެބުރުވަރީ 2021