މަސައްކަތް
ނަންބަރު: (IUL)438/1/2021/12
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 03 މާރިޗު 2021 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފުވައްމުލައް ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީ އަދި 02 ބޯޑްވޯކްސްގެ ސެކިއުރިޓީ 06 މަސްދުވަހުގެ މުއްދަތަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

ފުވައްމުލައް ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީ އަދި ޕްރޮޓެކްޓެޑް އޭރިއާ ސަރަޙައްދުގައި ގާއިމްކޮށްފައިވާ 02 ބޯޑްވޯކްސްގެ ސެކިއުރިޓީ، 06 މަސްދުވަހުގެ މުއްދަތަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 02 މާރިޗު 2021 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް: [email protected]

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަސް އޮންނަން ވާނެއެވެ.

ބީލަން ހުށަހަޅާނީ 03 މާރިޗު 2021 ވާ ބުދަ ދުވަހު 11:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 03 މާރިޗު 2021 ވާ ބުދަ ދުވަހު 11:00  ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ފުވައްމުލައް ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީ އަދި 02 ބޯޑްވޯކްސްގެ ސެކިއުރިޓީ 06 މަސްދުވަހުގެ މުއްދަތަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

އިޢުލާނު ނަންބަރު:  (IUL)438/1/2021/12

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

21 ފެބުރުވަރީ 2021