ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2021/21
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 24 ފެބުރުވަރީ 2021 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ

 134-HR/I/2021/21 :ނަމްބަރު  

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ކޭޝިއަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (4 މަސްދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ މަސްފިހާރަ/މާލެ  އަދި  ހުޅުމާލެ މަސްފިހާރަ/ހުޅުމާލެ.

މުސާރަ:

7783.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ސެކަންޑަރީ ސްކޫލް ނިންމާފައިވުން.  ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާއި ހިނިތުންވުމާއެކެ   މުޢާމަލާތްކުރުން.

   - މަސްފިހާރައިގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން. 

  • މަސްފިހާރައިގެ ޝިފްޓް ޑިއުޓީފެށޭއިރު ވަތްގަނޑުގައި ހުރި ފައިސާ ގުނާ، ހިސާބުތަކާއި ދިމާވޭތޯ ބެލުން.
  • މަސްފިހާރައިގެ ކައުންޓަރުތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ފިހާރައިގައި ބެހެއްޓިފައިވާ މުދާތަކާ އަދި ފިހާރައިން ދެވޭ ޚިދުމަތްތަކާއި ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުން.
  • ކަސްޓަމަރުންގެ ޝަކުވާތަކުގެ ތެރެއިން ޙައްލުކޮށްދެވެން ހުރި ކަންކަން ޙައްލުކޮށްދިނުން. އަދި ޙައްލުކޮށް ނުދެވޭ ކަންތައްތައް މަސްފިހާރައާއި ޙަވާލުވެގެން ހުންނަ އިސްފަރާތަށްއެންގުން.
  • ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކިރުން. އަދި ކައްޓާގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެކަން ފިހާރައިގެ އިންޗާރޖަށް ވަގުތުން އެންގުން.
  • މުދަލަށް ފައިސާ ކެނޑުމަށްފަހު ރިސިޓް ކަސްޓަމަރަށް ޙަވާލުކޮށް އަދި ރިސިޓްގެ ކޮޕީ ރައްކާކުރުން.
  • ކޮންމެ ޝިފްޓެއް ނިންމުމަށްފަހު ކައުންޓަރގައި ހުރި ފައިސާ ގުނާ އަދި ޖުމްލަ ސޭލްސް އާއި ދިމާވޭތޯ ބެލުން.
  • ސޭލްސް ސިސްޓަމްގައި ކުރެވޭ ހުރިހާ މުޢާމަލާތްތަކުގެ ޓްރާންސެކްޝަނެއް ރިކޯޑްކުރުން.
  • ފީ،އޯ.އެސް ސިސްޓަމުން ކުރެވޭ މުއާމަލާތުުގެ ރިސިޓް ރައްކާކޮށް އަދި ސިސްޓަމުން ފައިސާ ކެނޑުން.
  • ސްޓޮކް ބަލާ ޝެލްފްގައި ހުރިމުދަލުގައި އަގުޖެހިފައިވޭތޯ ކަށަވަރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 24 ފެބްރުވަރީ 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

21 ފެބުރުވަރީ 2021