މަސައްކަތް
ނަންބަރު: (IUL)388-ADM/388/2021/10
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 03 މާރިޗު 2021 00:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ވަންދޫ ކުނިކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތާއި ގުޅޭ

މި އިޢުލާންވަނީ 23 މާރިޗު 2021 08:10 ގައި ބާތިލް ކުރެވިފައެވެ.


2021 ވަނަ އަހަރު ވަންދޫގެ ކުނިކޮށި ބެލެހެއްޓުމާއި ކުނި އުކައިދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)388-ADM/388/2021/4 (08 ފެބްރުއަރީ 2021) އިޢުލާން ބާތިލްކޮށް އިޢުލާންކުރަމެވެ.

2021 ވަނަ އަހަރު ވަންދޫ ކުނިކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 މާރިޗް 2021 ވަނަ ދުވަހު 10:00 އަށް މިއިދާރައަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން 25 ފެބްރުއަރީ 2021 ވަނަ ދުވަހު 10:00 އަށް ވަންދޫ ކައުންސިލް އިދާރާގައި ކުރިޔައްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

                           އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި ފުރިހަމަނުވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

21 ފެބުރުވަރީ 2021