ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2021/3 (18 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މި ކޮމެޓީގެ މެމްބަރަކަށްވުމަށް އެދި މިކައުންސިލަށް ހުށަހަޅާފައިނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ގދ.ހޯނޑެއްދޫ އިން ގޯތި ދޫކުރުމަށްޓަކައި މިކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގޯތި ދޫކުރުމަށްޓަކައި ކަމާއިބެހޭ އެންމެހައި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައި މިހާރުވަނީ ނިމިފައެވެ. އަދި ގޯތި ކޮމެޓީ އެކުލަވާލެވިފައިވީނަމަވެސް ވީހާވެސް ދެފުށްފެންނަ ގޮތަކަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކައުސިލުން ބޭނުންވާތީ، ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމެޓީ މުރާޖާކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން އާންމުންގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ 04 މެމްބަރަކު ގޯތި ކޮމެޓީ އަށް ނެގުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 28 ފެބްރުވަރީ 2021 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އާއިއެކު އެމީހެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
މެމްބަރުކަމަށް އެދޭމީހާގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
- ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL)417-ESMS/417/2019/74 (22 ސެޕްޓެމްބަރ 2019) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއް ކަމުގައި ނުވުން.
- ގްރޭޑް 7 ނިންމާފައިވުން.
- ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL)417-ESMS/417/2019/74 (22 ސެޕްޓެމްބަރ 2019) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއްގެ އާޢިލީ ގާތް މީހެއްކަމުގައި ނުވުން.(އާއިލީ ގާތް މީހެއްކަމަށް ބުނެފައި އެވަނީ، މެމްބަރުކަމަށް އެދޭމީހަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، މެމްބަރުކަމަށް އެދޭމީހާ ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެމީހާގެ މައިންބަފައިންނަށެވެ.)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.