ބީލަން
ނަންބަރު: (IUL)386/386/202/8
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 04 މާރިޗު 2021 11:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން ނަންބަރު:  (IUL)386/386/2021/8                            ޕްރޮޖެކްޓް ނަންބަރު2021/07:

           

                                ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

            ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގައި އަމިއްލަ ތަކެތީގައި ސާވަރ ބަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 ފެބުރުވަރީ 2021 އިން 03 މާރިޗް 2021 ވަނަ ދުވަހުގެ 10:00 އިން 12:00 އާއި ދެމެދު މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 25 ފެބުރުވަރީ 2021 ވަނަދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދެއްވަންޖެހޭ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ފެބުރުވަރީ 2021 ވަނަދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ  04 މާރިޗް 2021 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ.

 

ބޭނުންވާ ޚިދުމަތް/ތަކެތި/މަސައްކަތުގެ ތަފްސީލް

ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

Server:

Form Factor: Rack Mount 64 bit server
Processor: 2x6- Core E5-2640 Xeon 2.5GHz
Memory: 64 GB PC3- 10600R RAM
Hard Disk: 5 x1TB 10 SAS SFF HDD
RAID Controller
Optical Drive: Internal DVD-RW drive
Network Interface: 4x Gigabit NIC
OS: Genuine Windows Server 2019
Mouse / Keyboard: Yes, USB
Warranty: 3 year parts and service

Network switch 24port

Server cabinet

 

Backup

2000VA UPS            

 

ބީލަން ފޮތް                       

 

 

ޕްރޮޖެކްޓްގެ ނަން: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައި ސަވަރ ބެހެއްޓުން

ތަން: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ޕްރޮޖެކްޓްގެ ނަންބަރު: 07/2021

 (IUL)386/386/2021/8 އިޢުލާން ނަންބަރު:   

18/02/2021 ތާރީޚް:

 

ސެކްޝަން 1

ބީލަން ޝީޓް

 

 

 

ބީލަމާއި ގުޅޭ ރިފަރަންސްތައް

ރިފަރަންސް ނަންބަރު

މަސައްކަތުގެ ނަން: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއަށް

އިޢުލާން ނަންބަރު: (IUL)386/386/2021/8  

އިޢުލާން ކުރި ތާރީޚް:  18 ފެބުރުވަރީ 2021

1.1

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

ތަން:  ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ/ތ. ގުރައިދޫ

ފޯން ނަމްބަރު: 6780715

މުއްދަތު: 24 ފެބުރުވަރީ 2021 އިން   03 މާރިޗް 2021 ވަނަ ދުވަހުގެ 10:00 އިން 12:00އަށް

8.1

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

ތަން:  ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގެ މީޓިންގރޫމް

ތާރީޚް: 25 ފެބުރުވަރީ 2021

ދުވަސް: ބުރާސްފަތި

ގަޑި: 10:00

9.1

މަޢުލޫމާތު ސާފުކުރުމަށް ލިޔުންތައް ފޮނުވަންވީ އެޑްރެސް:

އޮފީސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދަރާ/ ތ. ގުރައިދޫ

ގުޅޭނެ ނަންބަރު: 6780715/9922320

އީމެއިލް އެޑްރެސް:  [email protected]

9.2

އަގު ހުށަހަޅަންވީ ގޮތް:  މި އިރުޝާދުގެ 17 އަދި 18 ގައިވާ އިރުޝާދާއި އެއްގޮތައް ޖަދުވަލު 7 ގައިވާ މައުލޫމާތާއިއެއްގޮތައް

13.1

މަސައްކަތުގެ މުއްދަތު: 30 (ތިރީސް) ދުވަސް

14

 

 

 

ބީލަން ހުށަހަޅަންވީ ސުންގަޑި:

ތަން:  ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ/ ތ. ގުރައިދޫ

ތާރީޚް: 04 މާރިޗް 2021

ދުވަސް:  ބުރާސްފަތި

ގަޑި: 11:00

18.1

ބީލަން ހުޅުވުން

ތަން: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ/ ތ. ގުރައިދޫ

ތާރީޚް: 12 މާރިޗް 2021

ދުވަސް:  ބުރާސްފަތި

ގަޑި: 11:00

20.1

ބީލަންތައް ވަޒަންކުރާނެ މިންގަނޑު ޖަދުވަލު 6 ގައި އެވަނީއެވެ.

24.1

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދު:

28.1

-

28.2

ޕާރފޯމަންސް ސެކިޔުރިޓީ ހުށަހަޅަންޖެހޭ އަދަދު:

30.1

ތަކެތި ހަވާލުކުރަންޖެހޭތަން: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

36.1

 

 

 

 

 

 

 

                                                                        

 

 

 

 

 

 

ސެކްޝަން 2 - ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު

(ހ) އާންމު މަޢުލޫމާތު

  1. ބީލަމުގެ ތަޢާރަފު

 

1.1.    

 

މި ބީލަމަކީ ބީލަން ޝީޓުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މި ބީލަމުން ހޯދަންބޭނުންވާ ޚިދުމަތް ނުވަތަ މަސައްކަތުގެ މަޢުލޫމާތު ބީލަން ޝީޓުގައި ބަޔާންކޮށްފައިވާނެއެވެ.

  1. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

2.1.    

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

2.1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

 

2.1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

 

2.1.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

2.2.    

މި މާއްދާގެ 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

 

2.3.    

މިމާއްދާގައި ބަޔާންކުރާ  ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ.

  1. ބީލަން އޮންނަންވާނެގޮތާއި ބީލަމުގައި ސޮއިކުރުން

3.1.    

ބީލަންތައް އޮންނަންވާނީ މި ލިޔުމުގެ އެނެކްސް 1 ގައިވާ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޗެކުލިސްޓު ގައިވާ ލިއުންތަކާއި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް ތަރުތީބުން ބައިންޑު ކުރެވިފައެވެ.

 

3.2.    

ބީލަން އޮންނަންވާނީ ދިވެހިބަހުން، ފަސޭހައިން ކިޔަން އެނގޭ ފޮންޓަކުން (ފަރުމާ ފޮންޓް ފަދަ) ޓައިޕު ކުރެވިފައެވެ. ނުވަތަ އަތުން ލިޔާނަމަ ލިޔެފައި ހުންނަންވާނީ ކިޔަން އެނގޭގެ ގޮތަށެވެ. އަދި ބީލަމުގެ ހުރިހާ ސަފްހާއެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނުވަތަ އެފަރާތުން އައްޔަން ކުރާ ފަރާތުގެ ސޮޔާއި ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ. އަދި ބީލަމުގެ ކޮންމެ ޞަފުޙާއެއްގައި ވެސް އެއީ ކިތައް ޞަފުހާގެ ތެރެއިން ކިތައް ވަނަ ޞަފުޙާކަން އެނގޭގޮތަށް ތަރުތީބުން ޞަފުޙާ ނަންބަރުވެސް ޖަހަންވާނެއެވެ.

3.3.    

3.3.1 ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުން މެނޭޖިންގ ޑިރެކްޓަރ ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

3.3.2 ޕާޓްނަރޝިޕްތަކުގެ މެނޭޖިންގ ޕާޓްނަރު ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

3.3.2 ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޗެއަރޕާރސަން ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

3.3.4 ފަރުދީ ވިޔަފާރިތަކުގައި ވެރިފަރާތް ނޫން ފަރާތެއް ބީލަމަށް ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

 

 

3.3.5 ސަރުކާރު ކުންފުނިތަކާއި، ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން ބީލަމުގެ ލިޔުންތަކުގައި ސޮއިކުރާއިރު، ޒިންމާދާރު ކޮންމެފަރާތަކަށްވެސް ސޮއި ކުރެވިދާނެއެވެ.

  1. ހުށަހެޅޭނެ ބީލަމުގެ އަދަދު

4.1.    

ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަ ބީލަށް އެއްވެސް ފަރާތަކުން ހުށަހަޅާފިނަމަ އެފަރާތުން ހުށަހަޅާގައިވާ ހުރިހާ ބީލަމެއް ބާތިލް ކުރެވޭނެއެވެ.

  1. ބީލަން ތައްޔާރު ކުރުމުގެ އަގު

5.1.    

ބީލަން ތައްޔާރުކުރުމަށާއި ބީލަން ހުށަހެޅުމަށް ކުރާ އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ހުށަހަޅާ ފަރާތަކުންނެވެ. މިކަމަށް ހިނގާ އެއްވެސް ޚަރަދަކަށް ބީލަމަށް ހުޅުވާލި ފަރާތުން ޒިންމާއެއް ނުނަގާނެއެވެ.

  1. އެހެނިހެން އުސޫލްތައް

6.1.    

ބީލަން ހުށަހަޅާ ފަރާތަކީ، މަސައްކަތުގެ ވެރިފަރާތުގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ އެ އިދާރާއެއްގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަނާޅާ ހުއްޓާ  އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެ ބީލަން ބާތިލް ކުރެވޭނެއެވެ.

(ށ) ބީލަމާގުޅޭ ލިޔުންތައް

  1. ބީލަން ފޮތު ގައި ހިމެނޭ ބައިތައް

7.1.    

ބީލަމާގުޅޭ ލިޔުންތަކުގައި ހިމެނެނީ ތިރީގައިވާ ލިސްޓްގައިވާ ލިޔުންތަކާއި، އެމެންޑްމަންޓްތަކެވެ.

 

7.1.1 ބީލަން ޝީޓް (ސެކްޝަން-1)

 

 7.1.2ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު (ސެކްޝަން-2)

 

 

7.1.3 އެއްބަސްވުމުގެ އާންމު އަދި ހާއްސަ މާއްދާތައް (ސެކްޝަން-3)

 

 

7.1.4 ޖަދުވަލުތައް (ސެކްޝަން-4)

 

 

7.1.5 ކޮންޓްރެކްޓް ޑާޓާ ޝީޓް (ސެކްޝަން - 5 )

 

 

7.1.6 އެއްބަސްވުން (ސެކްޝަން -6 )

 

 

 7.1.7 މަސައްކަތާބެހޭ މަޢުލޫމާތު (ސެކްޝަން–7 )

  1. ބީލަމުގައި ރަޖިސްޓްރީ ކުރުން

8.1.    

އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑުރެހަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ.

8.2.    

އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

8.3.    

އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ބީލަމާ ގުޅޭގޮތުން މައުލޫމާތު  ސާފުކުރުން

9.1.    

މި ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނެ ތާރީޚާއި ގަޑި "ބީލަން ޝީޓް" ގައި ބަޔާންކޮށްފައިވާނެއެވެ.

9.2.    

ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ބީލަން ޝީޓްގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް ލިޔުމުން ފޮނުވޭނެއެވެ.

9.3.    

މި ބީލަން ފޮތުގައިވާ މަޢުލޫމާތާއި ގުޅިގެން ނުވަތަ މި ބީލަމާ ގުޅޭގޮތުން އިތުރަށް ސާފުނުވާ ކަމެއް އޮތް ނަމަ އެ ކަމެއްގެ މައުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާ އެކެވެ.

  1. ބީލަމަށް ބަދަލު ގެނައުން

10.1.         

ބީލަން ހުޅުވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބީލަމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމަށް ފެނިއްޖެ ހިދެއްގައި، އެމެންޑްމަންޓެއް (އުނި/އިތުރު) ގެނެވޭނެއެވެ. 

 

10.2.         

0.11 ގައިވާ ގޮތަށް ދޫކުރާ އެމެންޑްމަންޓަކީ ބީލަމުގެ ބައެކެވެ. އަދި އެ އުނިއިތުރު ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. ނުވަތަ އެފަރާތަކާ އެލިޔުން ޙަވާލުކުރަންވާނެއެވެ.

(ނ) ބީލަން ތައްޔާރުކުރުން

  1. ބީލަމުގައި ބޭނުން ކުރެވޭ ބަސް

11.1.         

ބީލަން ހުށަހަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއިއެކު ދީފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުންނެވެ. އަދި ބީލަމާއިއެކު ހުށަހަޅަންޖެހޭ ރިފަރެންސް ލިޔުންތައް އިގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

  1. ބީލަމުގައި ބޭނުން ކުރާ ފައިސާ

12.1.         

މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

  1. އަގު ހުށަހެޅުން

13.1.         

ބީލަމަށް ވަކި ގޮތަކަށް އަގު ހުށަހަޅަންޖެހޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.

 

13.2.         

ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ.

  1. މުއްދަތު

14.1.         

މަސައްކަތްކޮށްދިނުމަށް މުއްދަތު ހުށަހަޅަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ދުވަހުގެ އަދަދުންނެވެ.

 

14.2.         

މަސައްކަތްކޮށްދިނުމަށް ހުށަހަޅާ މުއްދަތަކީ އެމަސައްކަތެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާންވާނެއެވެ.

 

14.3.         

ވަކިމުއްދަތަކަށް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެއްނަމަ، އެމަސައްކަތެއް އެމުއްދަތަށް މަސައްކަތް ނިންމަންވާނެއެވެ.

  1. ބީލަމުގެ މުއްދަތު

15.1.         

ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް ދުވަހުގެ މުއްދަތަށެވެ.

  1. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

16.1.         

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

 

16.1.1 ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 )

 

16.1.2 ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.

 

6.1.3 ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ

 

16.1.4 ކޯޓޭޝަން/ ބީ.އޯ.ކިޔު (ހުށަހަޅަންޖެހޭނެ ކަމަށް ބީލަން ޝީޓްގައި ބުނެފައިވާނަމަ ހުށަހަޅަންޖެހޭނެއެވެ.)

 

 

16.1.5 ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3)

 

 

16.1.6 ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

 

 

16.1.7 ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ބީލަމެއްނަމަ ހުށަހަޅާ ބިޑް ސެކިއުރިޓީ

 

16.2.         

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

 

 

16.2.1 ބީލަން ހުށަހަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

 

 

16.2.2 ބީލަން ހުށަހަޅާ ފަރާތުގެ މާލީ ދަލީލު އަދި ޖަދުވަލު 4 ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

 

 

(ހ) ބޭންކް ރިފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ.

 

 

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ބީލަން ހުށަހަޅާނަމަ، އެފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްވެސް ގަބޫލުކުރެވޭނެއެވެ.

 

 

(ނ) ފާއިތުވި މަހުގެ ބޭންކް ބެލެންސް އަދަދު އިނގޭނެހެން ބޭންކް ރިފަރެންސް ސިޓީ އެއް ނުވަތަ ބޭންކު ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.

 

 

16.2.3 ކްރެޑިޓް ރެފަރެންސް ސިޓީތައް. ހުށަހަޅާ ކްރެޑިޓް ރެފަރެންސް ސިޓީތަކުގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.

 

 

(ހ) ރަޖިސްޓްރީކޮށްފައިވާ މާލީ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ.

 

 

(ށ) ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ.

 

 

(ނ) މިރެފަރަންސްގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ ސިޓީގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.

 

 

(ރ) މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.

 

 

(ބ) އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ.

 

16.3.        1

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް

 

 

16.3.1 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

 

16.3.2 ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (މުވައްޒަފުންނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 3 މަސް ހަމަނުވާ).

(ރ) ބީލަން ހުށަހެޅުން

  1. ބީލަން ބަންދު ކުރާނެ ގޮތް

17.1.         

ބީލަން އޮންނަންވާނީ ބަންދު ކުރެވިފައެވެ. މިނޫންގޮތަކަށް އޮންނަ ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

 

17.2.         

ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

17.3.         

ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ.

 

17.4.         

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ބީލަން ޝީޓްގައިވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

 

  1. ބީލަން ހުށަހެޅުމުގެ ސުންގަޑި

18.1.         

މި މަސައްކަތަށް ނުވަތަ ޚިދުމަތަށް އެދި ހުށަހަޅާ ބީލަންތައް ހުށަހަޅަންވީ ސުން ގަނޑި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.

18.2.         

މި މާއްދާގެ 18.1 ގައި ބަޔާން ކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ ބީލަން ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކަށް ވާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ.

 

18.3.         

އީމެއިލް އަދި ފެކްސް އިން ފޮނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

  1. މުއްދަތުގެ ފަހުން ހުށަހެޅޭ ބީލަން ތަކާއި މެދު އަމަލު ކުރާނެގޮތް:

19.1.         

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

(ބ) ބީލަން ހުޅުވުމާއި އިވޭލުއޭޓް ކުރުން

  1. ބީލަން ހުޅުވުން

20.1.         

މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ފޮނުވާ ފަރާތެއްގެ ހާޒިރުގައި ބީލަން ޝީޓްގައިވާ ތާރީޚްގައެވެ.

 

20.2.         

ބީލަން ހުޅުވުން އޮންނާނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑްރެހުގައެވެ.

 

20.3.         

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ.

  1. ހުށަހަޅާ ބީލަމުގައިވާ ކުށްތައް އިސްލާޚްކުރުން

21.1.         

ޝަރުތު ފުރިހަމަވާ ބީލަންތަކުގެ ހިސާބުކުރުމުގެ މައްސަލައެއް އުޅޭނަމަ ތިރީގައި މިވާ ގޮތްތަކުގެ މަތިން އިސްލާޚް ކުރެވޭނެއެވެ.

21.2.         

ބީލަމުގައިވާ ފައިސާގެ އަދަދާއި ދިވެހި ބަހުން ލިޔެފައިވާ ފައިސާގެ އަދަދު ތަފާތުވާނަމަ، ރަގަޅު އަދަދުކަމުގައި ބަލާނީ ދިވެހި ބަހުން ލިޔެފައިވާ ފައިސާ އަދަދެވެ.

  1. ބީލަންތައް ޗެކްކުރުމާއި ބީލަންތަކުގެ ރެންޕޮންސިވްނަސް ކަނޑައެޅުއް

22.1.         

ބީލަންތައް އިވެލުއޭޓްކުރުމުގެ ކުރިން ތިރީގައިވިމާ ކަންކަން ފުރިހަމަވޭތޯ ބެލޭނެއެވެ.

 

22.1.1 ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއްކަން.

 

22.1.2 ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވާ ފަރާތެއްކަން

 

22.1.3 ބީލަމުގައިވާ އުސޫލްތަކަށްބަލައި އެކަށީގެންވާ ބިޑެއްތޯ ކަނޑައެޅުން (ރެންޕޮންސިވްނަސް)

  1. ބީލަންތައް އިވޭލުއޭޓް ކުރުން

23.1.         

ހުށަހަޅާ ބީލަންތަކުގެ ތެރެއިން އިވެލުއޭޓް ކުރެވޭނީ 22.1 ގައިވާ ކަންކަން ފުރިހަމަވާ ބީލަންތަކެވެ.

  1. ބީލަން ހަވާލުކުރާނެ ފަރާތް ކަނޑައެޅުން

24.1.         

ބީލަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ބީލަން ވަޒަންކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.

  1. ބީލަންތަން ކެންސަލްކުރުން

25.1.         

އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާނަމަ ބީލަންތައް ބަލައިނުގަތުމުގެ އިޚްތިޔާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހުވެސް ފުރިހަމަނުވާ ބީލަންތައް ބާތިލްކުރުމުގެ އިޚްތިޔާރުވެސް ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހު ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންނުވާ އަގުތަކެއްނަމަ ނުވަތަ އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަންތައް ކެންސަލްކުރުމުގެ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

  1. ބީލަން ކާމިޔާބުކުރާ ފަރާތް ހޮވައި، އެކަން އެންގުން

26.1.         

ބީލަން ކާމިޔާބުވި ފަރާތަށާއި، ކާމިޔާބުނުވި ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ.

  1. އެއްބަސްވުމުގައި ސޮއި ކުރުން

27.1.         

ބީލަން ކާމިޔާބުކުރިފަރާތަށް އެކަމުގެ ލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

 

27.2.         

27.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރައްވައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރެވޭނެއެވެ.

 

27.3.         

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތްފުރިހަމަ ނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެއެވެ.

 

 

(ޅ) ހުށަހަޅަންޖެހޭ ސެކިޔުރިޓީތައް

  1. ބިޑް ސެކިޔުރިޓީ

28.1.         

ބީލަމަށް ޝީޓްގައި ބަޔާން ކޮށްފައިވާ އަދަދު ބިޑް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ

 

28.2.         

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.

 

28.3.         

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ބިޑް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 7 ގައި ވާނެއެވެ.

 

28.4.         

ބީލަން ކާމިޔާބު ކުރާ ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ބިޑް ސެކިއުރިޓީ އެފަރާތްތަކަށް ރައްދު ކުރެވޭނެ އެވެ.

 

28.5.         

ބީލަން ހުޅުވުމަށްފަހު ބީލަން ހުށަހެޅި ފަރާތަކުން ބީލަމުން ވަކިވެއްޖެނަމަ ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތަށް ބީލަން ކާމިޔާބުވިކަމުގެ ލިޔުން ލިބުމަށްފަހު ބީލަން ކެންސަލް ކޮށްފިނަމަ އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. 

  1. އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ

29.1.         

އެޑްވާންސް ފައިސާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެއެވެ.

29.2.         

އެޑްވާންސް ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމައެވެ.

29.3.         

އެޑްވާންސް ފައިސާ ހޯދުމަށްއެދި ހުށަހަޅާނަމަ، މަސައްކަތް ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހަޅަންވާނެއެވެ.

 

29.4.         

 

 

 

 

 

 

އެޑްވާންސް ފައިސާ ހޯދުމަށް ހުށަހަޅާނަމަ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 9 ގައި ވާނެއެވެ.

 

 

29.5.         

އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނިކުރެވޭނެއެވެ.

  1. ޕާރފޯމަންސް ގެރެންޓީ

30.1.         

ބީލަމަށް ހުށަހަޅާ އަގަކީ 250,000/- ރުފިޔާއަށްވުރެ މަތީގެ އަގެއްނަމަ ބީލަން ކާމިޔާބުކުރި ފަރާތުން ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

 

30.2.         

ޕާރފޯމަންސް ގެރެންޓީ ބެހެއްޓުމަށް ބީލަން ކާމިޔާބުކުރި ފަރާތަށް ދެވޭ މުއްދަތުގައި ޕާރފޯމަންސް ގެރެންޓީ ނުބަހައްޓައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރުމަށްފަހު، އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ.

 

30.3.         

ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނީ ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ޕާރފޯމަންސް ގެރެންޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 8 ގައި ވާނެއެވެ.

  1. މައްސަލަ ހުށަހެޅުމާއި މައްސަލަ ބެލުން

31.1.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ.

 

31.2.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 18 ގައިވާ "ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް-ފުރަތަމަ މަރުހަލާ" PR-14 ފޯމުންނެވެ.

 

31.3.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމިގޮތް ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 19 ގައިވާ "ބީލަމުގެ މައްސަލައާއި ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބު" PR-14 ފޯމުން ޖަވާބު ތައްޔާރުކޮށް އަންގާނެއެވެ.

 

31.4.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ބަޔާންކޮށް މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނަށް ހުށަހެޅިދާނެއެވެ.

  1. މައްސަލަ އަލުން ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅުން

32.1.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 17.11 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި  ދިމާވާ މައްސަލައަކާއި ގުޅިގެން އިދާރީކަންކަން އަލުން ބެލުމަށް "މުސްތަޤިއްލު ރިވިޔު ކޮމެޓީ" އަށް ހުށަހެޅުމުގައި، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 21 ގައިވާ "ބީލަންވެރިޔާ ބީލަމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި "ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިޢު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމު" – އެޕީލް މަރުހަލާ" PR-16 ފޯމުން ހުށަހަޅިދާނެއެވެ.

 

 

ސެކްޝަން - 3

އެއްބަސްވުމުގެ އާންމު މާއްދާތައް އަދި ހާއްސަ މާއްދާތައް

  1. މާނަކުރުން

33.1.         

 

"މަސައްކަތުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރުމަށް ބޭނުންވާ މިނިސްޓްރީގެ ދާއިރާގެ ތަނަކަށެވެ.

 

33.2.         

"މަސައްކަތް ހަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތަށެވެ.

 

33.3.         

"މަސައްކަތް" ކަމަށް ބުނެފައިއެވަނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ މަސައްކަތަކެވެ.

 

33.4.         

"މަސައްކަތުގެ އަގު" ކަމަށް ބުނެފައިއެވަނީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހަމަކުރުމުން މަސައްކަތް ހަވާލުވާ ފަރާތަށް ދައްކާ ފައިސާއަށެވެ.

 

33.5.         

"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ވެރިފަރާތާއި، މަސައްކަތްކުރުމަށް ހަވާލުވާ ފަރާތާ ދެމެދު މަސައްކަތްކުރުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމަށެވެ.

  1. ލިޔެކިޔުން ބަދަލުކުރުން

34.1.         

މި އެއްބަސްވުމުގައި ޝާމިލުވާ ފަރާތްތަކުން މިއެއްބަސްވުމާއި ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އާއްމުގޮތެއްގައި އަންގާނީ ދިވެހި ބަހުން، ލިޔުމުންނެވެ.

 

34.2.         

އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ ލިޔުން ރައްދުކުރާނީ އަތުން އަތަށް ނުވަތަ ރަޖިސްޓްރީ ފޯސްޓުން، ނުވަތަ ކަނޑައެޅިފައިވާއީމެއިލަށް، ބީލަމުގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ.

 

34.3.         

މިއެއްބަސްވުމުގައިވާ އެޑްރެސް ބަދަލުކުރާން ބޭނުންވާނަމަ، ބަދަލު ކުރާން ބޭނުންވާ ފަރާތުން އަނެއް ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

  1. ތިންވަނަ ފަރާތަކާއި މަސައްކަތް ހަވާލުކުރުން

35.1.         

މިއެއްބަސްވުމުގެ ދަށުންކުރެވޭ މަސައްކަތުގެ އެއްވެސްބައެއް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މަސައްކަތް ޙަވާލުވާ ފަރާތުން، ވެރިފަރާތަށް ލިޔުމުން ހުށަހަޅާ ހުއްދަހޯދަށްވާނެއެވެ.

35.2.         

35.1 ގައިވާ ގޮތުގެމަތިން އެހެން ފަރާތަކާ މަސައްކަތުގެ އެއްވެސްބައެއް ހަވާލުކުރިކަމުގައިވިޔަސް މަސައްކަތް ޙަވާލުވާ ފަރާތުން މިއެއްބަސްވުމުގައިވާގޮތުގެމަތިން ފުރިހަމައަށް ޒިންމާ އުފުލަން ވާނެއެވެ.

  1. ތަކެއްޗާއި ޚިދުމަތާއި ހަވާލުވުން

36.1.         

ތަކެތި ގުދަނަށް ގެނައުމުގެ 03 (ތިނެއް) ދުވަސް ކުރިން ތަކެތި ގުދަނަށް ގެނެވޭނެ ތާރީޚާއި ގަޑި މަސައްކަތް ވިލަރެސްކުރާ ފަރާތަށް އަންގަންވާނެއެވެ. 

36.2.         

ތަކެތި ގުދަނަށް ގެނައުމުން މަސައްކަތް ވިލަރެސްކުރާ ފަރާތުން (ގުދަނުން) ޙަވާލުވާނީ ތަކެތީގެ އަދަދާއެވެ.

 

36.3.         

އެއްބަސްވުމުގައިވާ ގޮތަށް ތަކެތި/ޚިދުމަތް ލިބިފައިވޭތޯ ބަލާނީ ގުދަނަށް ޙަވާލުވުމަށްފަހު އިވެލުއޭޝަން ކޮމެޓީންނެވެ. ކޮލިޓީ ބެލުމަށްފަހު ސްޕެސިފިކޭޝަނާއި އެއްގޮތަށް މަސައްކަތް ނިންމާފައިވާކަމަށް ވާނަމަ އެގްރީމަންޓާ އެއްގޮތަށް ތަކެތި/ޚިދުމަތް ލިބުނުކަމަށްބެލޭނެއެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ ޚިދުމަތް/ތަކެތި އަނބުރާ ފޮނުވާލެވޭނެއެވެ.

  1. އެއްބަސްވުމުގެ މުއްދަތު

37.1.         

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަކެތި/ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ

37.2.         

މަސައްކަތް ހަވާލުވިފަރާތުގެ ބާރުނުފޯރާ ކަމެއް ނުވަތަ ޤުދުރަތީ ޙާދިސާއެއް/ކާރިޘާއެއް ނުވަތަ މެނިފެކްޗަރިންއާއި ގުޅޭކަމެއް ކުރިމަތިވެއްޖެނަމަ މުއްދަތު އިތުރުކުރުމަށްޓަކައި އެޙާދިސާއެއް/ކާރިޘާއެއް ނުވަތަ އެކަމެއް ދިމާވިކަން އެގޭފަދަ (ރަސްމީ ނުވަތަ ކަމާގުޅޭ ފަރާތްތަކުގެ) ލިޔުންތަކާއެކު މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތުގެ ވެރިފަރާތަށް ހުށަހަޅަންވާނެއެވެ.

 

37.3.         

އެއްވެސް ސަބަބަކާއި ހުރެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅިނަމަވެސް މުއްދަތު އިތުރުކޮށްދޭނީ "މުއްދަތު އިތުރުކޮށްދިނުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިޑް ކޮމެޓީއަށް ހުށަހަޅައިގެންނެވެ.

  1. ޖުރިމަނާ ކުރުމާއި އެގްރީމަންޓް ބާތިލް ކުރުން

 

38.1.         

އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.71 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ.

38.2.         

ޖުމްލަ އަގު  2,500,000/-ރުފިޔާއަށްވުރެ ދަށުގެ ބީލަމެއްނަމަ ފައިސާ ކަނޑާނީ، ޖުމްލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ.

ލިކުއިޑޭޓެޑް ޑެމޭޖަސް = CP*0.005*LD

CP (ކޮންޓްކެޓް ޕްރައިސް): ކޮންޓްރެކްޓްގެ ޖުމްލަ އަގު

LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓްގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް

 

38.3.         

މަސައްކަތް ނުނިމި ލަސްވާ މުއްދަތަށް މަސައްކަތް ޙަވާލުވި ފަރާތުން ފައިސާ ދޭންޖެހިއްޖެނަމަ، މަސައްކަތް ޙަވާލުވި ފަރާތުން ހުށަހަޅާ ބިލަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ނުނިމި ލަސްވީ މުއްދަތަށްވާ ފައިސާ ބިލްގައިވާ އަދަދުން ކެނޑުމަށްފަހު ބާކީ ފައިސާއެވެ.

 

38.4.         

މަސައްކަތުގެ ޖުމްލަ އަގުގެ އިންސައްތަ އަށްވުރެ ލިކުއިޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެނަމަ އެއްބަސްވުން ބާތިލްކުރެވޭނެއެވެ.

  1. އެގްރީމަންޓް ބާތިލްކުރުން

39.1.         

އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެއްބަސްވުންއެއްކޮށް ނުވަތަ އެއްބަސްވުމުގެ ބައެއް ބާތިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

39.2.         

އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކޮށްފިނަމަ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެހާތަނަށް ނިމިފައިވާ މަސައްކަތާއި، ނުނިމިހުރި މަސައްކަތުގެ ތަފްސީލް އަގާއެކު ލިޔެ، ދެފަރާތުން އެލިޔުމުގައި ސޮއިކުރަން ވާނެއެވެ. އަދި މަސައްކަތް ހިނގާ ސައިތްގައި ހުންނަ ކޮންޓްރެކްޓަރ ގެ ހުރިހާ ތަކެތީގެ ލިސްޓް ނަގައި އެތަކެތި  ބަނދުނޫން 3 ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ފަހުން މިއިން އެއްޗަކަށް ދިމާވާ އެއްވެސް މައްސަލައަކަށް ޒިންމާއެއް ނުވެވޭނެއެވެ.

  1. އެހެނިހެން ކަންކަން

40.1.         

މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު ސަރުކާރުގެ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދަކާ މި އެއްބަސްވުމާއި ތަޢާރުޟު ވާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް  ހެދިއްޖެނަމަ އެކަމެއްގެ ސަބަބުން މުޅި މިއެއްބަސްވުން ބާޠިލެއް ނުވާނެއެވެ. އެފަދަ މާއްދާއެއް މި އެއްބަސްވުމުގައި ހިމެނޭގޮތްވެއްޖެނަމަ އެ މާއްދާއެއް އިސްލާހްކޮށްގެން ނަމަވެސް މި އެއްބަސްވުން އުވާނުލައި ދެމެހެއްޓުމަށް ދެފަރާތުންވެސް އެއްބަސްވެ ޤަބޫލުކުރަމެވެ.

  1. ޓެކްސް އަދި އެހެނިހެން ފީތައް

41.1.         

މިމަސައްކަތާއި ގުޅިގެން ދައްކަންޖެހޭ ޓެކްސްތަކާއި، ކަސްޓަމްސް ޑިޔުޓީތަކާއި، އިމްޕޯޓް ލައިސަންސް ފީތައް އަދި އެހެނިހެއް ފީއެއް ދައްކަންޖެހިއްޖެނަމަ ފީއެއް ދައްކާނީ މަސައްކަތް ހަވާލުވި ފަރާތުންނެވެ.

  1. އެއްބަސްވުމަށް ބަދަލުގެނައުން

42.1.         

މި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެވޭނީ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ.

  1. އެއްބަސްވުމަށް ހިނގާނެ ޤާނޫނު

43.1.         

މި އެއްބަސްވުން ހިންގާނީ، އަދި ތަންފީޛު ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ.

  1. ދެބަސްވުން

44.1.         

މިއެއްބަސްވުމާއިމެދު އުފެދޭ ދެބަސްވުން ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލުނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ.

 

44.2.         

މިއެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީވެސް ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ހައްލުނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ.

 

ސެކްޝަން - 4

ޖަދުވަލުތައް

ޖަދުވަލު – 1

ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް

 

 

 

 

#

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

1

ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 )

 

 

2

ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ

 

 

3

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ

 

 

4

ހުށަހަޅާ އެސްޓިމޭޓް (ކޯޓޭޝަން / ބީ.އޯ.ކިޔު)

 

 

5

ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3)

 

 

6

ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

 

 

7

ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން (ޕަވަރ އޮފް އެޓާރނީ)

 

 

8

6.1 ވަނަ މާއްދާގައިވާ ބަޔާންކުރާ ލިޔުން ހުށަހަޅަންޖެހޭނަމަ އެލިޔުން.

 

 

9

ބިޑު ސެކިއުރިޓީ (ބިޑު ސެކިއުރިޓީ ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތަކަށް)

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

10

ބީލަން ހުށަހަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަކޮށް ހުށަހަޅާފައި

 

 

11

މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީފަދަ) ގެ ލިޔުންތައް އަދި ޖަދުވަލު 4 ފުރިހަމަކޮށް ހުށަހަޅާފައި

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ އިރުޝާދާ އެއްގޮތަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަން ކެންސަލް ކުރުމުގެ އިޙްތިޔާރު ބީލަމަށް ހުޅުވާލި ފަރާތަށް ލިބިގެންވެއެވެ.

12

ހުށަހަޅަންޖެހޭ ލިޔުންތައް ހުރީ މިލިސްޓުގައި ވާ ތަރުތީބުން ތަރުތީބުކުރެވިފައި

 

 

13

ޞަފްހާ ނަންބަރު ޖަހާފައި (ކިތައް ޞަފްޙާގެ ތެރެއިން ކިތައްވަނަ  ޞަފްޙާކަން އެނގޭގޮތަށް)

 

 

14

ޞަފްހާތަކުގައި ހުރީ ސޮއިކޮށްފައި

 

 

15

ބީލަމުގެ ގަނޑުތައް ހުރީ ވަކިނުވާނެހެން ބައިންޑްކޮށް / ހީރަސްޖަހާފައި

 

 

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް

16

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

 

17

ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (އެންމެފަހުން ދެއްކި މަހުގެ އަދި މުވައްޒަފުން ނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

 

 

 

 

 

 

ޖަދުވަލު – 2

ބީލަން ހުށަހަޅާ ފޯމް

 

 

 

 

  1. 1.         ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

 

ނަން

1.1

 

އެޑްރެސް

1.2

  1. 2.         ބީލަން ހުށަހަޅާ ޕްރޮޖެކްޓްގެ މަޢުލޫމާތު

 

ޕްރޮޖެކްޓްގެ ނަން

2.1

 

އިޢުލާން ނަންބަރު

2.2

  1. 3.         ހުށަހަޅާ އަގާއި މުއްދަތު

 

ހުށަހަޅާ އަގު

3.1

 

ޖީ.އެސް.ޓީ

 

 

ޖުމްލަ އަގު:

 

 

ޖުމްލަ އަގު )ތާނައިން ލިޔުމަށް(

3.2

 

މުއްދަތު (ބަންދުދުވަސްތައް ހިމަނައިގެން)

3.3

  1. 4.         ބީލަން ހުށަހަޅާ ފަރާތުގެ އިގްރާރު

މަތީގައިބަޔާންކޮށްފައިވާ މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުމަށް ދީފައިވާ މަޢުލޫމާތާއި، އެގްރީމަންޓްގެ މާއްދާތައް ރަނގަޅަށް ބެލުމަށް ފަހު، މަތީގައި ދެންނެވިފައިވާ އަގަށް މި މަސައްކަތް ނުވަތަ ޚިދުމަތް ދިނުމަށް އަޅުގަނޑު / އަޅުގަނޑުމެން ބީލަން ހުށަހަޅަމެވެ.

4.1

އަޅުގަނޑު/ އަޅުގަނޑުމެންނަށް މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުން ހަވާލުކުރަން ނިންމައިފިނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަސައްކަތް ފެއްޓުމަށާއި، 3.3 ގައިވާ މުއްދަތުގައި މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަމެވެ.

4.2

މިބީލަން ހުށަހަޅާތާ 30 ދުވަސް ހަމަވަންދެން މިބީލަން ޤަބޫލުކޮށް، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް އަޅުގަނޑު / އަޅުގަނޑުމެން އެއްބަސްވަމެވެ. މިމުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ވެރިފަރާތުން އެދިވަޑައި ގެންފިނަމަ، އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރުމަށްވެސް އެއްބަސްވަމެވެ.

4.3

  1. 5.         ބީލަން ހުށަހަޅާ ފަރާތުން

އޮފިޝަލް ސްޓޭމްޕް

 

އޮފިޝަލް ސްޓޭމްޕް

 

އޮފިޝަލް ސްޓޭމްޕް

 

ސޮއި

 

ނަން

 

މަޤާމު

 

ތާރީޚް

           

 

 

 

 

 

 

 

 

ޖަދުވަލު – 3

ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

 

 

 

 

  1. 1.       ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

 

ނަން

1.1- 

 

ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް

1.2- 

 

ވިޔަފާރީ އެޑްރެސް

1.3- 

 

ރަޖިސްޓްރީ ނަންބަރު

1.4- 

 

ޓެކްސް ޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު

1.5- 

 

ޖީ.އެސް.ޓީ ޓިން ނަންބަރު

1.6- 

 

ފޯނު ނަންބަރު

1.7- 

 

އީމެއިލް އެޑްރެސް

1.8- 

  1. 2.         ހުށަހަޅާ ފަރާތުގެ ވެރިންގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ހިއްސާދާރުންގެ މަޢުލޫމާތު، ޕާޓްނަރޝިޕެންނަމަ ޕާޓްނަރުންގެ މަޢުލޫމާތު، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ މަޢުލޫމާތު)

މަޤާމު

ނަން

#

މެޖޭނިންގ ޑިރެކްޓަރ

 

 

ޑިރެކްޓަރ

 

 

ޑިރެކްޓަރ

 

 

 

 

 

  1. 3.         އާންމުކޮށްކުރާ މަސައްކަތްތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލު – 4

މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު

 

 

 

 

ބީލަން ހުށަހަޅާ ފަރާތުގެ އެކައުންޓްތަކުގެ މަޢުލޫމާތު

ފާއިތުވި މަހުގެ ބެލެންސް (ދިވެހި ރުފިޔާއިން)

އެކައުންޓްގެ ބާވަތް

އެކައުންޓް ނަންބަރު

#

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

ކްރެޑިޓް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު

ފައިސާގެ އަދަދު (ދިވެހި ރުފިޔާއިން)

ދޫކުރެވުނު މުއްދަތު

ދޫކުރެވުނު ތާރީޚް

ކުރެޑިޓް ދޫކުރި ފަރާތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

             

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލު – 5

ފާއިތުވި 3 (ތިނެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް

 

 

 

 

ބީލަން ހުށަހަޅާ ފަރާތުގެ ކޮށްފައިވާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްސީލް

މަސައްކަތުގެ އަގު (ދިވެހި ރުފިޔާއިން)

މަސައްކަތްކުރި އަހަރު

މަސައްކަތުގެ ވެރިފަރާތް

މަސައްކަތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ:

 

 

 

 

 

 

 

 

ނޯޓް:  އިވެލުއޭޝަނަށް ނެގޭނީ ހުށަހަޅާއަގުގެ 25 އިންސައްތަ ހަމަވާ މަސައްކަތްތަކެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލު – 6

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

 

 

 

 

ޕޮއިންޓްދެވޭނެދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 85 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

85

މުއްދަތު

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 05 (މުއްދަތު ދީފައިވާ ބީލަންތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އަދި މަސައްކަތް ނިންމާ މުއްދަތު ކުރުނަމަ ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

05

މަސައްކަތުގެ ތަޖުރިބާ

ހުށަހެޅި ޕްރޮޖެކްޓް އަދަދު/ހުށަހެޅި އެންމެ ގިނަ ޕްރޮޖެކްޓް އަދަދު × 05

(ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި)

05

މާލީ ޤާބިލުކަން

ހުށަހެޅި ވެލިޔު / ހުށަހެޅި އެންމެ މަތީ ވެލިޔު × 05

މާލީ ގާބިލްކަން ހުށަހެޅި އަދަދުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

05

ޖުމްލަ

100

 

 

 

 

 

 

 

 

 

 

 

 

 

 

18 ފެބުރުވަރީ 2021