މަސައްކަތް
ނަންބަރު: (IUL)267/267/2021/6
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 23 ފެބުރުވަރީ 2021 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަންވާރު ގައި ކުރަން ހުރި ބައެއް މަރާމާތު ކުރުން- ރީޓެންޑަރ

 

                  މިކައުންސިލުންދޭ މަޢުލޫމާތާއި  އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ މަސްޖިދުލް އަންވާރު ގައި  ކުރަން ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު: (IUL)267/267/2021/4 އިޢުލާނަށް އެކަށީގެންވާވަރަށް ޝައުގުވެރިކަން ފާޅުކޮށް އެބީލަމުގައިބައިވެރިވެފައި ނުވާތީވެ އެޢިލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ

މަސްޖިދުލް އަންވާރު ގައި ކުރަން ހުރި ބައެއް މަރާމާތު ކުރުން

                   ކައުންސިލްއިން ދޭ މަޢުލޫމާތާއި އެއްގޮތައް މަސްޖިދުއް އަންވާރު މިސްކިތުގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުން ވެއެވެ.

                   ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ·        މައުލޫމާތު ދިނުން – 23 ފެބުރުވަރީ 2021 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި
  • ·        އަންދާސީ ހިސާބު ހުށަހެޅުން – 04 މާރިޗް 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި

                   މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.     

                    06   ރަޖަބު    1442ހ

                      18  ފެބުރުވަރީ  2021

18 ފެބުރުވަރީ 2021