މަސައްކަތް
ނަންބަރު: GS72/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 25 ފެބުރުވަރީ 2021 14:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސްކޫލް ދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  • ވީމާ މި ސްކޫލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޔުނީފޯމް ތައްޔާރުކޮށް، ހދ. ކުޅުދުއްފުށިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 ފެބްރުވަރީ 21 އިން 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް ޢަފީފުއްދީން ސްކޫލުގައި ނަންނޯޓުކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބްރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
  • މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބްރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2021 މާރިޗު 04 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޢަފީފުއްދީންސްކޫލުގައެވެ.
  • ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • ޢަފީފުއްދީންސްކޫލު / ހދ. ކުޅުދުއްފުށި  
  • ފޯން: 6528046 ، 6528041
  • އީމެއިލް: [email protected]

 

18 ފެބުރުވަރީ 2021