ބީލަން
ނަންބަރު: (IUL)345-CAA/345/2021/44
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 02 މާރިޗު 2021 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރިތައް ވިއްކާލުމާ ބެހޭ!

                                              ނަންބަރު: (IUL)345-CAA/345/2021/44

 

އިޢުލާން

  • ބަކަރިތައް ވިއްކާލުމާ ބެހޭ!

މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބަކަރިތައް ވިއްކާލުމަށް ގަސްދުކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 02 މާރިޗު 2021 ވާ އަންގާރަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 03 މާރިޗު 2021 ވާ ބުދަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ 08 މާރިޗު  2021 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން، 6660059 އަށެވެ.  

18 ފެބުރުވަރީ 2021