ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MRH-HR/MRH/2021/7
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 24 ފެބުރުވަރީ 2021 14:00
މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މުލީ ރީޖަނަލް ހޮސްޕިޓަލަށް އެޓެންޑެންޓެއްގެ މަޤާމަށް މީހަކު ހޯދުން

މި އިޢުލާންވަނީ 21 ފެބުރުވަރީ 2021 10:08 ގައި ބާތިލް ކުރެވިފައެވެ.


މުލީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

މަޤާމް:

އެޓެންޑެންޓް 

މަޤާމުގެ ނަންބަރު:

J-122393

ބޭނުންވާ ޢަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ސެކްޝަން  / ޔުނިޓް:

ނަރސިންގ ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މުލީ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

3470.00 ރުފިޔާ

ސާރވިސް އެލަވަންސް:

1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި   އެހެނިހެން އިނާޔަތްތައް

3.ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

4.ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

  1. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިއާ ( އައި.ޕީ.ޑީ، އިމާރޖެންސީ ޑިޕާރޓްމެންޓް، އައި.ސީ.ޔޫ، ލޭބަރ ރޫމް، ޑްރެސިންގް ރޫމް، ލެބޯޓަރީ، ޕްރައިވެޓް ކޮޓަރި އަދި އޯޓީ ) އާއި މިތަންތަނުގައިވާ ފާހާނަތައް ދޮވެ ފޮޅާސާފުކޮއް މޮޕްލައި ޑިސްއިންފެކްޓް ކުރުން.
  2. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާ ތަކުގައިވާ އިކްވިޕްމެންޓް ތަކާއި، މެޝިނަރީސް އަދި ފަރނީޗާރ އަދި ޓޫލްސް ސާފުކޮށް ބެލެހެއްޓުން.
  3. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކޮށް ހަޑިވާ ތަކެތި ދޮވެސާފުކުރުމާއި ، އަލުން ބޭނުކުރެވޭ ތަކެތީގައި ހުންނަ ނަޖިސް ދޮވެ ސާފުކުރުމަށްފަހު ލޯންޑްރީއާއި ހަވާލުކުރުން. އަދި އެތަކެތި ލޯންޑްރީންއިން ދޮވެ ސާފުކޮށް ނިމުމުން އަނބުރާ އެ ޑިޕާޓްމެންޓްތަކަށް ގެނެސް ހަވާލުކުރުން.
  4. ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ތަކުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް އެއްވެސް އިންކާރުކުރުމެއްނެތި ސާފުކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ކަމށްބަލައި ފެންނަ ހިސާބުގައި ތިބުން.
  5. ބަލިމީހުން ގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.
  6. ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން.
  7. ލެބޯޓްރީގައި ބޭނުންކުރާ އެއްޗެތި ދޮވެ ސާފްކުރުމާއި ތަނުގެ މަސައްކަތުގައި އެހީތެރިވުން.
  8. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާއެއްގައި ކުރެވޭ ކްލިނިކަލް ޕްރެކްޓިސް އެއްގެ ސަބަބުން އުފެދޭ ނަޖިސް ސާފުކުރުމަށް ނަރުހުން އެދިއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި އެކަންކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށްބަލައި ފެންނަ ހިސާބުގައި ތިބުން.
  9. ހޮސްޕިޓަލުގައި އައި.ޕީ.ޑީ ތަކުގައިވާ އެނދަށް ބޭނުންވާ ތަންމަތި ފޯރުކޮށްދިނުން.
  10. ނަރުހުން އެދިއްޖެ ހާލަތުގައި ހައުސްކީޕިންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން.
  11. ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އަދި އައި.ޕީ.ޑީގައި ހިދުމަތް ހޯދާ ބަލި މީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެހާލަތުގައާއި އެހީތެރިޔަކު ނެތް ވަގުތެއްނަމަ ނަރުހުންގެ އިރުޝާދުގެދަށުން އެކަން ކުރުން.
  12. ހޮސްޕިޓަލުގެ ކްލިނިކލް އޭރިޔާތަކުގައި ނަރުހުން ކުރާ ، ދުވަހުގެ މަސައްކަތުގައި އެހީތެރިކަމަށް އެދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ ނަރުހުންގެ އިރުޝާދުގެދަށުން މަސައްކަތުގައި ބައިވެރިވުން.
  13. ކްލިނިކްލް އޭރިޔާތަކުގައި ބޭނުންކުރާ ޓޫލްސް އަދި އިންސްޓްރޫމަންޓްސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމާއި އޮޓޯކްލޭވް ކުރުން.
  14. ހޮސްޕިޓަލިގެ އެހެން ޔުނިޓަކުން، ޑިޕާޓްމެންޓަކުން އަދި ސެކްޝަނަކުން އެ ޔުނިޓެއްގެ، ޑިޕާޓްމެންޓެއްގެ އަދި ސެކްޝަނެއްގެ މަސައްކަތުގައި އެހީތެރިކަމަށް އެދިއްޖެނަމަ ނަރުހުންގެ ލަފާގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  15. ހޮސްޕިޓަލުގެ އެމްބިއުލެންސް ޑިސްއިންފެކްޓް ކުރުމާއި ބަލިމީހުން އުފުލަން ގެންގުޅޭ " ޕެއިޝަންޓް ޓްރޯލީ " އަދި " ވީލް ޗެއަރ" ޑިސްއިންފެކްޓްކޮށް ތައްޔާރީ ހާލަތުގައި ބެހެއްޓުން.
  16. ހޮސްޕިޓަލުގެ އަ.ޕީ.ޑީ ގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފަޔާއި އިރުޝާދުގެދަށުން ހުސްކޮށް، އައި.ޕީ.ޑީގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނާރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާ އުސޫލެއްގެތެރެއިން ޑިސްއިންފެކްކޮށް ބެލެހެއްޓުން.
  17. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބަޔޯ ހަޒާރޑް)، ކަނޑައެޅިފައިވާ އުސޫލްގެތެރެއިން ބަންދުކޮށް، އެތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހަދަށް ގެންގޮސް ނައްތާލުން.
  18. ދިމާވާ ހާލަތެއްގެ ސަބަބުން ހޮސްޕިޓަލުގައި ނުވަތަ ހޮސްޕިޓަލުގެ ބެލުމުގެދަށުން ހޮސްޕިޓަލުން ބޭރުގައި ޤާއިމް ކުރެވޭ ކްލިނިކަލް ފެސިލިޓީ ފޮޅާ ސާފުކޮށް، މޮޕްލާ، ޑިސްއިންފެކްޓް ކުރުން.
  19. ޝިޕްޓް ޑިއުޓީ ނިންމާ ގެއައްދިއުމުގެކުރިން ޖެހިގެން އަންނަ ޝިޕްޓަށް އަންނަ މުވައްޒިފަށް ކުރެވިފައިހުރި ކަންކަމާއި ނުކުރެވިހުރިކަންކަމުގެ ހޭންޑް އޯވާ ދިނުން.
  20. ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  21. ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  22. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
  23. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ ޝަރުތުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 8 ނިންމާފައިވުން. 

ގުޅޭ ވަޒީފާގެ ދާއިރާތައް:

- ފޮޅާ ސާފްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  http://www.csc.gov.mv/dv/downloads/1215 އަދި މުލީ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:-

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:-

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ.  http://health.gov.mv/Uploads/Downloads/Informations/Informations(346).pdf

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މިޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ފެބުރުވަރީ 2021ގެ 14:00 ގެ ކުރިން،  މުލީ ރީޖަނަލް ހޮސްޕިޓަލަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2021 ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައި މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އެ ތާރީޚުގައި އިންޓަރވިއުއަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720632  އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

18 ފެބުރުވަރީ 2021

18 ފެބުރުވަރީ 2021