ދެންނެވުން
ނަންބަރު: (IUL) 415-CAF/415/2021/15
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 21 މާރިޗު 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިތުރު ޒަކާތު ބެހުމަށް ފަޤީރުންގެ ދަފްތަރު އެކުލަވާލުން

އިޢުލާން

1442 ވަނަ އަހަރުގެ ފިތުރު ޒަކާތު ބެހުމަށް ފަޤީރުންގެ ދަފްތަރު އެކުލަވާލުން

 

             1442 ވަނަ އަހަރުގެ ފިތުރު ޒަކާތު ބެހުމަށް ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން 15 ފެބްރުއަރީ 2021 ގައި އިޢުލާން ކޮށްފައިވާތީ، ގދ.ތިނދޫގައި ތިބި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 21 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

           ވީމާ، މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 21 މާރޗް 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ފޯމް ހުށަހަޅަން ޖެހޭ ތަން : ގދ.ތިނަދޫ އިސްލާމީ މަރުކަޒުގައި ހުންނަ ކީރިތި ޤުރުއާނާއި ބެހޭ ގޮފި

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 14:00 އަށް

18 ފެބުރުވަރީ 2021