މަޤާމް
|
ޗީފް އިންޓާރނަލް އޮޑިޓަރ
|
އަސާސީ މުސާރަ
|
-/12,300ރުފިޔާ
|
އެލަވަންސްތައް:
|
-/4,000ރުފިޔާ
|
މަޤާމުގެ ރޭންކް
|
އީ އެކްސް 3
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އިންޓާރނަލް އޮޑިޓް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ މިޑްލް މެނޭޖްމަންޓްގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން:
|
- ކޯޕަރޭޓްގަވަނަންސައް އަހުލުވެރިވުން.
- މާލިއްޔަތު ޤާނޫނަށް ރަންގަޅަށް އަހުލުވެރިވެފައިވުން.
- ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން.
- ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން.
- ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓް ކުރުމުގެ ޤާބިލުކަން.
- ރިސްކު މެނޭޖުކުރުމުގެ ޤާބިލުކަން.
- ލީޑަރޝިޕް.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން.
- ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް އާއި ގުޅޭ މަސައްކަތްތަކުގައި މެނޭޖިންގ ޑިރެކްޓަރއާއި އޮޑިޓް ކޮމިޓީގެ ޗެއަރމަންއަށް ރިޕޯޓްކުރުން.
- އިންޓަރނަލް އޮޑިޓްއާއި ގުޅޭ މަސައްކަތްތަކުގައި ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި، އެކަންކަމުގެ ފީޑްބެކް ދިނުމާއި، ކަންކަން އިޞްލާޙުކުރުމަށް ގޮތްތަކެއް ހުށަހެޅުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކާއި ޗެނަލްތަކުގެ އޮޑިޓް ހިންގުމަށްފަހު އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ފާހަގަކުރުމާއި، އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން
- އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން.
- ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތު ތާކައި އެއްގޮތަށް އަދި އޮޑިޓަރ ޖެނެރަލް ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކޮށްފައިވާ ގޮތް ބަލައި އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން.
- މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތައް ކުރިއަށްގެންދާ މިންވަރު ބެލުމަށް ބޭނުންވާ ކޮމްޕްލަޔަންސް އޮޑިޓް ހެދުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ނަޒާހަތްތެރިކަމުގެ ސިޔާސަތުގެ 7.1 ގައި ބަޔާންކުރާ އުސޫލުގެ މަތިން މުވައްޒަފުން ހުށަހަޅާ މައްސަލަތައް، މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާގޮތެއްގެ މަތިން ތަހުޤީޤު ކުރަންޖެހޭ މައްސަލަތައް ބެލުމުގައި އެހީތެރިވުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން
- އެކްސްޓާރނަލް އޮޑިޓިންގ ގައި އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އިންޓާރނަލް އަދި އެކްސްޓާރނަލް އޮޑިޓިންގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއަށް އަމަލުކުރުން.
- މިނޫންވެސް އިންޓަރނަލް އޮޑިޓާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000379، 3000364 އާއި ގުޅުއްވުން އެދެމެވެ.
|