ދިވެހިރާއްޖެ
މިރަށުގެ ކުޑަކުދިންގެ ޕާކް "ކުއްދުނެގެ ބަގީޗާ" ގައި ހަދާފައިވާ ހަޓް ހިންގާނޭ ފަރާތެއް ހޯދުމާއި ގުޅޭ
މިރަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ގައި ހަދާފައިވާ ހަޓް ހިންގާނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)406-esms-a/406/2020/2 (01 ނޮވެމްބަރ 2021 ) އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް ހަޓް ހިންގާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ހަޓް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މައުލޫމާތު ދިނުން – 24 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި
- އަންދާސީ ހިސާބް ހުށަހެޅުން- 3 މާރިޗް 2021 ވާ ބުދަ ދުވަހުގެ 13:00 ގައި
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު އެރުވެން ނޯނާނޭ ވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބް ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.