ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/20
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 21 މާރިޗު 2021 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމަވާފައެވެ. ކުރިން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެއެވެ. ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންނެވެ.

 ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 16 ފެބުރުއަރީ 2021 ން 21 މާރޗް 2021 އަށް ރަސްމީ ދުވަސްތަކުގައި: 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން
  • ފޯމް ބަލައިގަތުން: 21 ފެބުރުއަރީ 2021 ން 21 މާރޗް 2021 އަށް ރަސްމީ ދުވަސްތަކުގައި: 09:00 ން 12:00 އަށް ކައުންސިލް އިދާރާއިން

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2021