ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2020/ 12
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:26
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލެއިން ކޮމިއުނިޓީ ގާޑްނިންގއަށް ކަނޑައެޅިފައިވާ ބިމުން ޕްލޮޓް ކުއްޔަށް ދޫކުރުމާއި ގުޅޭ

ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 17 ފެބްރުއަރީ 2021 ން 25 ފެބްރުއަރީ 2021 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000/- ރުފިޔާއަށެވެ. މި ޕްލޮޓްތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

 މިކަމަށް އެދިހުށަހެޅުއްވުމަށް މާލެ ސިޓީ ކައުންސިލްގެ (www.malecity.gov.mv) ވެބްސައިޓްގައި އެކަމަށް ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމުގައި ވެސް އަންގާ އިޢުލާން ކުރީމެވެ. އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ކަމުގައިވާ ގޮތުގެ މަތީންނެވެ. ޕްލޮޓް ދޫކުރާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިޢުލާނުގެ މުއްދަތުގައި ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ފޯރުކޮށްދޭނެ ކަމުގައި ދެންނެވީމެވެ.

 މި އިޢުލާންއާއި އެކު ޕްލޮޓްތައް ހުރި ސަރަހައްދު އެނގޭނެ ޗާޓްއަކާއި މިކަމާއި ބެހޭ އުސޫލު ހިމެނީމެވެ.

 ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

  

             05 ރަޖަބު   1442  

17 ފެބުރުވަރީ 2021