ދިވެހިރާއްޖެ
އިޢުލާން
ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުންބޭނުންވެއެވެ.
މަޤާމް: |
ސުޕަވައިޒަރ |
ބޭނުންވާ ޢަދަދު: 01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން |
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. |
|
މުސާރައާއި އެލަވަންސް |
މުސާރަ (މަހަކު) -/6295 ރުފިޔާ |
|
ޙާޟިރީ އެލަވަންސް |
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/125 ރުފިޔާ |
|
އިތުރު އެލަވަންސްތައް: |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ޢާއްމުކޮށްމަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑިތައް: |
ހަފްތާ އަކު 6 ދުވަސް ، ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު 13.00 ން 17.30 އަށް |
|
ފެންވަރު ނުވަތަ ޝަރުޠު
|
|
|
މަޤާމުގެ މަސްއޫލިއްޔަތުތައް: |
10. ކުންޏާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން. 11. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
|
|
އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު: |
އިންޓަވިއު އޮންނާނީ 2021 ފެބްރުއަރީ 25 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
2021 ފެބްރުއަރީ 24 ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
|
ހުށަހަޅަންގެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ކައުންސިލް އިދާރާއިން ލިބޭނެއެވެ) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.
|
|
ނޯޓު: މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރުކޮށްދެވޭނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.
|
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.