މަސައްކަތް
ނަންބަރު: (IUL)371-ESMSPL/371/2021/46
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 28 ފެބުރުވަރީ 2021 11:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ދާރުއްސަލާމީގެ ވޯރކްވޭ ހެދުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތްކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

މިއިދާރާއިން ކޮއްފައިވާ އިޢުލާން ނަންބަރ (IUL) 371-ESMSPL/371/2021/9 14 ޖަނަވަރީ 2021 ގެ އިއުލާން މަސްޖިދުލް ދާރުއްސަލާމީގެ ވޯރކްވޭ ހެދުމުގެ މަސައްކަތަށް ކޮއްފައިވާ އިޢުލާން ބާތިލުކޮއް އަލުން އިޢުލާން ކުރަމެވެ.

                       ވީމާ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ، ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުން 28 ފެބުރުއަރީ 2021 ވާ އާދިއްތަ ދުވަހު މެންދުރު 11:00ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 04 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

                     މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ މިއިދާރާގައި ނަންނޯޓް ކުރެވިފައިވާ ފަރާތްތަކަށެވެ.  މައުލޫމާތު ދިނުމުގެ ޝެޝަން ގައި ބައިވެރި ވުމަށް -/500ރ ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 18 ފެބުރުއަރީ 2021 އިން 25 ފެބުރުއަރީ2021  އަށް ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މި ކައުންސިލް އިންނެވެ. އަދި މިމަސައްކަތް ކުރުމަށް ކޮއްފައިވާ އިއުލާން (IUL) 371-ESMSPL/371/2021/9 ގެ އިއުލާނާއި ގުޅިގެން ކުރިން ފައިސާ ދައްކާފައިވާ ފަރާތްތަކުން ފައިސާ ދައްކަވަން ނުޖެހޭނޭ ވާހަކަވެސް ދަންނަވަމެވެ.

ތިރީގައިމިވާ ހާލަތްތަކުގައި ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - ބީލަން ފޮތް ބައްލަވައި ގަނެފައި ނުވާ ފަރާތްތަކުގެ ބީލަން ސީޓް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަން ސިޓީ

   - ގަޑިޖެހުމަށްފަހު ގެންނަ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަނުވާ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ބީލަން ސިޓީ

   - މިއިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ ބީލަން ސިޓީ

17 ފެބުރުވަރީ 2021