ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2021/4
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 21 މާރިޗު 2021 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

 

 

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުންދަނީ ކުރަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުން ވަނީ 2021 ފެބްރުއަރީ 16 އިން 2021 މާރޗް 21 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 2021 ފެބްރުއަރީ 16 އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހުތާރީޚްއަކީ 2021 މާރޗް 21 ވާ އަދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 05 ރަޖަބު   1442ހ.

17 ފެބުރުވަރީ 2021