ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީ އެކުލަވައިލުން
ނަންބަރު:D15C-A/2021/1
އިޢުލާން
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޝަރުޢީ އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއްޖެއެވެ. ވީމާ، ޝަރުޢީ އަގުކޮމެޓީގެ މެންބަރުން ހޯދުމަށް އާންމުކޮށް އިޢުލާނު ކުރީމެވެ.
މަޤާމް |
އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް) |
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: |
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް |
ތަޢުލީމާއި ތަޖުރިބާ: |
1- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛ 2- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން. |
އުޖޫރައާއި ޢިނާޔަތްތައް: |
- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މިފޯމް، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ). 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 4- މަސައްކަތު ތަޖުރިބާގެ ލިޔުން. 5- މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު |
ހުށަހަޅަންޖެހޭގޮތާއި، ސުންގަޑި |
މެންބަރުކަމަށް އެދޭ ފަރާތްތަކުން، 25 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ކޯޓު ބަންދުކުރުމުގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިކޯޓުގެ ނަންބަރު 6560639 ފޯނަށް ގުޅުއްވުން އެދެމެވެ. |