ދިވެހިރާއްޖެ
އިއުލާން
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް ، ދިވެހިރާއްޖެ
ނަންބަރ (I)(I)HR/AP/2021/3:
ކޮވިޑް-19 އާއި ގުޅިގެން މިރަށުގައި ގިނަ އަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތާއި އާރު.އާރު.ޓީ މަސައްކަތުގައި ޙަރަކާތްތެރިވަމުންގެންދާ ފަރާތްތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ކޮވިޑް-19 އާއި ގުޅިގެން މިހޮސްޕިޓަލުގައި މިވަގުތު ކޮވިޑުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންގެންދަވާ ފަރާތްތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ކެއުމާއި ސައި ތައްޔާރުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 7669989 ފޯނަށް ގުޅުއްވައިގެން ނަންނޯޓުކުރުން އެދެމެވެ. ނަން ނޯޓުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ.އަދި 01 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަން ނޯޓުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.
16 ފެބްރުއަރީ 2021މ.