ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/48
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 19:39
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް އިންތިޚާބުވެފައިވާކަން އިޢުލާންކުރުން - މ. ދިއްގަރު ކައުންސިލްގެ މެންބަރު

ނަންބަރު: IUL)38-CA/38/2021/48)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ޤާނޫނު ނަންބަރު: 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) ގެ 3 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުން

މ. ދިއްގަރު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ އަންނަނިވި ކެނޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ކެނޑިޑޭޓު ނަންބަރު

ނަމާއި ދާއިމީއެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ކެނޑިޑޭޓު ނަންބަރު 13

ޢަބްދުﷲ ނަސީމް، މެމަރީސްޓާރ / މ. ދިއްގަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

ކެނޑިޑޭޓު ނަންބަރު 14

ޢަބްދުﷲ  ޒުބައިރު، މޫނިމާގެ / މ. ދިއްގަރު؛

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

 

އިސްވެ ދެންނެވުނު ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސަބަބުން، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ

24 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަންނަނިވި ކެނޑިޑޭޓުން ވަނީ މ. ދިއްގަރު ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވެފައެވެ.

ކެނޑިޑޭޓު ނަންބަރު

ނަމާއި ދާއިމީއެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ކެނޑިޑޭޓު ނަންބަރު 12

އިބްރާހީމް ޚަލީލް، ދިލްބަހާރުގެ / މ. ދިއްގަރު

އަމިއްލަގޮތުން

ކެނޑިޑޭޓު ނަންބަރު 15

އިސްމާޢީލް  މާހިދު، ވައިމަތީގެ / މ. ދިއްގަރު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

04 ރަޖަބު 1442

 

 

16 ފެބުރުވަރީ 2021