ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އޮންލައިން ވާރޗުއަލް ކްލާސްރޫމް ސެޓަޕްއެއް ހަދާދޭނެ ފަރާތެއް ހޯދުމާއިގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އޮންލައިން ވާރޗުއަލް ކްލާސްރޫމް ސެޓަޕްއެއް ހަގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު IUL)170-PR/170/2021/15) (31 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިފާ އަންދާސީ ހިސާބުތަކުގެ ޝަތުރުފުރިހަމަނުވާތީ އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑް ބައްދަލުވުން އަދި ބީލަން ހުޅުވުން.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
21 ފެބްރުއަރީ 2021ގެ 13:00 އަށް |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
23 ފެބްރުއަރީ 2021ގެ 13:0 0އަށް |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
25 ފެބްރުއަރީ 2021ގެ 12:00އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
01 މާރިޗު 2021ގެ 13:00 އަށް |
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.