ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337/337/2021/12
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 21 މާރިޗު 2021 13:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 

 

 

                                   (IUL)337/337/2021/12   ނަމްބަރ

 

އިޢުލާން

 

1442 ވަނަ އަހަރު ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 

               1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދަނީ ކުރައްވަމުންނެވެ.  އެހެންކަމުން މިރަށުގައި ފަޤީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 21 ފެބުރުވަރީ 2021 އިން ފެށިގެން 21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

 

                 ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 16 ފެބުރުއަރީ 2021 އިން ފެށިގެން 21 މާރޗް 2021 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން  13:00 އަށެވެ.

 

              ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.   

                 04 ރަޖަބު    1442

                 16 ފެބުރުވަރީ 2021

16 ފެބުރުވަރީ 2021