ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)261/261/2021/5
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 21 މާރިޗު 2021 13:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން.

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރައްވަމުން ގެންދަވާތީ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ފެބްރުއަރީ 2021 ން 21 މާޗް 2021 ވަނަ ދުވަހުގެ 13:00 ނިޔަލަށް ހުޅުވާލަމެވެ. ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭފޯމް 16 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެ މިއިދާރާގެ ކައުންޓަރުން ލިބެންހުންނާއެވެ. ފޯމް ބަލައިތުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުންފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 10:00 ން 13:00 އަށެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ފެބުރުވަރީ 2021