މަސައްކަތް
ނަންބަރު: (IUL)475-PMU/475/2021/64
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 21 ފެބުރުވަރީ 2021 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވެބިނަރ ސީރީޒް އިވެންޓް މެނޭޖްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: IUL)475-PMU/475/2021/64)

އިއުލާން

ވެބިނަރ ސީރީޒް އިވެންޓް މެނޭޖްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ލައިވް ވެބިނަރ ސީރީޒްއެއް މެނޭޖްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

މައުލޫމާތު ސާފުކުރުން:

މި ވެބިނަރ ބާއްވައިދިނުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޯޓޭޝަން އުސޫލު:

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ކޯޓޭޝަން އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ކޯޓޭޝަން އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ކޯޓޭޝަން އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ކޯޓޭޝަން އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

މުހައްމަދު މަނާން އަހުމަދު ، ޕުރޮކިޔުމަންޓް ސެޕްޝަލިސްޓް

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އަމީނީ މަގު، މާލެ

އީމެއިލް : [email protected]    ފޯން: 3026975/3026982

 

 

15 ފެބުރުވަރީ 2021