މަސައްކަތް
ނަންބަރު: IUL-D/423/2021/ 10
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 25 ފެބުރުވަރީ 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން ނަމްބަރ:  IUL-D/423/2021/ 10    

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ކުރަންޖެހިފައިވާ ކަރަންޓުގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ:   IUL-D/423/2021/4 އިޢުލާނަށް އެދި ހުށަހަޅާފައިވާ ބީލަމަކީ އޯވާ އެސްޓިމޭޓަކަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2021 އިން ފެށިގެން 18 ފެބްރުއަރީ 2021 ވަނަ ދުވަހު 12:00 އާއި ދެމެދު ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމައްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެއްވުމުން މިއިދާރާއިން ހަވާލުކުރާ ރަޖިސްޓްރީކުރިކަން އަންގައިދޭ ލިޔުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ.މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ކުރަންޖެހިފައިވާ ކަރަންޓުގެ ބައެއް މަސައްކަތް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަތަސް ރަޖިސްޓްރިކުރުމަށް ބަޔާންކުރާ ސުންގަޑީގެ ކުރިން އިދާރާގައި ރަޖިސްޓްރީކުރެވިފައިވާނަމަ ބިޑް ހުށަހެޅުމުގެ ފުރުސަތުއޮންނާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް މީޓިންގ ބޭއްވޭ ތާރީޚް ތިރީގައި މިވަނީއެވެ.

 

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ޕްރީ ބިޑް މީޓިންގ

ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ

18.2.2021

ބުރާސްފަތި

13:00

ބިޑް މީޓިންގ

ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ

25.2.2021

ބުރާސްފަތި

13:00

ޕްރީ ބިޑް މީޓީންއާއި ބިޑް މީޓިންއަށް ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުސަތު ނުދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2021