ވަޒީފާގެ ފުރުޞަތު
ނަންބަރު: MPBA/2021/006
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 01:55
ސުންގަޑި: 21 ފެބުރުވަރީ 2021 14:00
މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ޢިއުލާން ނަންބަރު:MPBA/2021/006

ތާރީހް: 15 ފެބްރުއަރީ 2021

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭތަން:

މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، މާލެ

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން ސީ ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. އަދި ސެކަންޑަރީ ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" ، "އިސްލާމް" މި ދެމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގެ ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން

- މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންއަށް ހޯދަންޖެހޭ އެންމެހާ ތަކެތީގެ ސްޓޮކް ބަލަހައްޓާ، ސްޓޮކްއަށް މަދުވާ ތަކެތިހަމަކޮށް އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.

- އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކާއި ހަރަކާތްތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން

- މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން ސާފުކުރުމާއި މެއިންޓެނަންސްގެ މަސަކަތް ކުރިއަށްދާގޮތް ސްޕަވައިޒް ކުރުން

- މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގައި މެންބަރުންނަށް ދޭންޖެހޭ އެންމެހައި ހިދުމަތްތައް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްދިނުން އަދި މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަނޅަށް ބޭނުން ކުރަން އެގުން

- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ވަނަވަރު (ސީވީ)

- އައި.ޑީ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތައް (އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް)

- އީމެއިލް ފޮނުވަންވާނީ ހުރިހާ ހުރިހާ ޑޮކިއުމަންޓްތައް އެއް ޑޮކިއުމަންޓް އެއްގޮތުގައި PDF ކޮށްފައެވެ.

ސުންގަޑި:

- މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

                  15 ފެބްރުއަރީ 2021

 

 

15 ފެބުރުވަރީ 2021