ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2021/37
|
ތާރީޚް: 14 ފެބުރުވަރީ 2021
|
މަޤާމު
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
ރޭންކް: އެމް.އެސް 1
|
ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/5,610 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/2,805 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބަލްޝޫޓް ކުރުން.
- އިންހައުސްކޮށް މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް މަރާމާތަށް ފޮނުވުމާއި މަރާމާތު ކޮށްގެން ގެންނަތަކެތި ޗެކްކޮށް ޕްރޮކިޔުމަންޓް ސެކްޝަނާއި ޙަވާލުކުރުމާއި މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޕްރޮކިޔުމަންޓް ސެކްޝަނަށް ފޮނުވުމާއި ބަދަލުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ލިސްޓްކޮށް ޕްރޮކިޔުމަންޓް ސެކްޝަނަށް ފޮނުވުން.
- އަ.އި.ޓީ އާގުޅޭގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
- ޑިޕާޓްމަންޓަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
- މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
- ސްޕީރިއަރ ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓު އަދި މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުން ކުރެވޭނެގޮތް ހަދައިދިނުމާއި ބޭނުން ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކޮށްދިނުން.
- ސަރވަރ ތައް މެނޭޖްކޮށް ބެލެހެއްޓުން.
- ޑިޕާޓްމަންޓް އަދި ޖުޑިޝަރީގެ މައި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
- ޑިޕާޓްމަންޓްގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކުކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ސަރވިސް ޕްރޮވައިޑަރގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން އަދި ހައްލުވިކަން ކޯޓްތަކަށް އެންގުން
- ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
- އެޓެންޑެންސް، ޑޯއެކްސެސް އަދި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގައި އެހީތެރިވުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން. އަދި އެޓެންޑެންސް އާއި ޑޯއެކްސަސްގެ ސަރވަރ ބެލެހެއްޓުން
- މިނޫންވެސް އައި.ސީ.ޓީ މަސައްކަތާގުޅޭގޮތުން ވެރިއަކު އަންގަވާ މަސައްކަތެއް ކުރުން.
|
ތަޢުލީމީ ރޮނގު
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް/ އައިޓީ ސެކިއުރިޓީ
|
މަޤާމަށް ބޭނުންވާ ޚާއްސަ ހުނަރުތައް
|
- Alcatel ސްވިޗް ކޮންފިގަރ ކުރަން އެނގޭ ފަރާތަކަށްވުން.
- FortiOS އަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- Grandstream އައިޕީ ފޯން ކޮންފިގަރކުރަން އެނގޭ ފަރާތަކަށްވުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
2021 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މުޢާމަލާތްކުރުމުގެ ހުނަރާއި، ތަފާތު ހާލަތްތަކުގައި މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- CCNA ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
- މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
- މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
|