ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2021/07
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި:
18 ފެބުރުވަރީ 2021 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް 120 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދައުވަތު
އިޢުލާން ނަމްބަރ: 137-IU/PR/2021/07 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2021/G-04 |
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލަށް 120 (ސަތޭކަ ވިހި ) ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން |
މިހޮސްޕިޓަލަށް 120 ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
- މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތީލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިޑޮކިއުމަންޓްސް 14 ފެބްރުއަރީ 2021 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ.
- މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން 14 ފެބްރުއަރީ 2021 ގެ 14:00 ން ފެށިގެން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ
- މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 18 ފެބްރުއަރީ 2021 ވާ ބުދަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
14 ފެބުރުވަރީ 2021