ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/37
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 21:38
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ދޫކުރުމާއި ގުޅޭ

ވަރކް ޕަރމިޓް ދޫކުރުމާއި ގުޅޭ

2021 ޖަނަވަރީ 31 ގައި ގެޒެޓް ކޮށްފައިވާ ގަވާއިދު ނަންބަރު 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ  "ވަރކް ޕަރމިޓް"، 2021 ފެބްރުވަރީ 15 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީން ދޫކުރަން ފަށާނެކަމުގައި ދެންނެވީމެވެ.

މި ތާރީހުން ފެށިގެން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަލަށް ގެނެވޭ ބިދޭސީންނާއި 2021 ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ގެނެވިފައިވާ ބިދޭސީންނަށް، މަތީގައި ދެންނެވުނު ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ހޯދަން ޖެހޭނެއެވެ.

ވަރކް ޕަރމިޓް ދޫކުރެވޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ. އަދި ވަރކް ޕަރމިޓް ފީ (މަހަކަށް 350 ރުފިޔާ) ބަލައިގަނެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިން ކޮށެވެ. މީގެ އިތުރުން، ވަރކްޕަރމިޓް ކާޑް މި މިނިސްޓްރީގެ ކައުންޓަރުތަކުން އެޕޮއިންޓްމެންޓް ހައްދައިގެން ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިތާރީހުން ފެށިގެން، މިހާރު ދޫކުރަމުންދާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރުން ހުއްޓަލެވޭނެކަމަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ރާއްޖެ ވަނުމުގެ ހުއްދައެއްގެ ގޮތުގައި، "ވަރކްޕަރމިޓް އެންޓްރީ ޕާސް" ދޫކުރެވޭނެކަމުގައި ދެންނެވީމެވެ.

މި ބަދަލު ގެނެވުނު ނަމަވެސް، 2021 ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް، ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން، 90 ދުވަސް ހަމަވެފައިނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް، ރާއްޖެ އެތެރެވޭވެނެކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

11 ފެބުރުވަރީ 2021