ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/38
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 21:31
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސިއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެ ނަމަ ރިޕޯރޓްކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސިއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެ ނަމަ ރިޕޯރޓްކުރުމާ ގުޅޭ

2021 ޖަނަވަރީ 31 ގައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާ ދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން މި މިނިސްޓްރީއަށް ރިޕޯރޓް (މިސިންގ ރިޕޯރޓް) ކުރަން ވާނެއެވެ.

މިސިންގ ރިޕޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހަޅައިގެންނެވެ.

އަދި، މިހާތަނަށް މިސިންގ ރިޕޯޓްކޮށްފައިވީ ނަމަވެސް (ސިޓީ އަދި ފޯމްގެ ޒަރީއްޔާއިން ރިޕޯޓްކޮށްފައިވާ)، އެ ބިދޭސީންގެ ރެކޯޑްތައް އެކްސްޕެޓް ސިސްޓަމްގައި އަޕްޑޭޓްކުރެވިފައި ނުވާ ރިކޯޑްތައް އަޕްޑޭޓްކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، 2021 ފެބްރުވަރީ 15 ވަނަ ވަނަ ދުވަހުން ފެށިގެން 2021 މަރޗް 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމުގައި ދެންނެވީމެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

11 ފެބުރުވަރީ 2021