ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން 24 ޖަނަވަރީ 2021 ގައި ކުރި ނަންބަރު 2021/03 އިޢުލާނަށް ވާދަވެރި ބިޑްތަކެއް ހުށަހަޅާފައި ނުވާތީއާއި މަޢުލޫމާތަށް ބަދަލު ގެނައުމަށްޓަކައި އެ އިޢުލާން ބާތިލްކޮށް، އަލުން މިކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
1. 13 ޕެޓްރޯލް ފެން ޕަންޕް (3 އިންޗް)
2. 50 ފޫޓްގެ 13 ހޮޅި (3 އިންޗް)
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- މިބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 14 ފެބުރުވަރީ 2021 ން ފެށިގެން 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމުން، ބީލަމާގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާނެއެވެ. އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ.
3- މި އިޢުލާނާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
4- ބީލަންތައް ހުޅުވުން އޮންނާނީ 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް
އަމީނީމަގު، ކުޅުދުއްފުށި، ދިވެހިރާއްޖެ
ފޯން: 6528801 ، 6521637