ދިވެހިރާއްޖެ
އިޢުލާން
މިއަތޮޅު "ދިގުވަރު"ފަޅުގައި ފާނަކޮށި އެޅުމަށް ދޫކުރުމާއިބެހޭ
މިއިދާރާގެ ނަންބަރު (IUL)237-D/374/2021/1(10 ފެބުރުވަރީ 2021 ) އިޢުލާންގައި، އެކަމަށް އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، މި ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައި އޮންނަ "ފ. ދިގުވަރު" ފަޅުގައި ފާނަ ކޮށި އެޅުމަށް 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ އަލުން އިޢުލާން ކުރަމެވެ.
މި ރަށްދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ޕްރޮޕޯސަލް ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުންwww.faafu.gov.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 2021 ފެބްރުއަރީ 22 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ޕްރޮޕޯސަލް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ދިގުވަރު ފަޅުގައި ފާނަކޮށްޓެއް ބޭއްވުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ /ފ.ނިލަންދޫ، ދިވެހިރާއްޖެ.
ފޯން: 6740017
އީމެއިލް: [email protected]
29ރަބީއުލްއާޚިރު 1442
11ފެބްރުއަރީ 2021