ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-CS/1/2021/5
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 17 ފެބުރުވަރީ 2021 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-296460

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު/ މާލެ

މުސާރަ:

-/7035

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28. (މިމަޤާމްގެ ކޯ ޑިސިޕްލިންއަކީ: އެކައުންޓިންގ ނުވަތަ ފައިނޭންސް އެވެ. ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ސެޓްފިކެޓް ހާސިލްކުރައްވާފައިވާނަމަ އެވެ.)
  • ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަރްކަޒުގެ ބަޖެޓާއިބެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގުން.
  2. ބަޖެޓް ސެކްޝަންގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބަލަހައްޓައި އެސެކްޝަން ހިންގުމާބެހޭ ހުރިހާ އިދާރީ މަސައްކަތްތައް އޮފީހުގެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގައި ބެލެހެއްޓުން.
  3. ބަޖެޓް ސެކްޝަނުން ދޭ ޚިދުމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، އެޚިދުމަތްތައް އަވަސްވާނެ ގޮތަށް ކަންތައްތައް ރާވައި ހިންގުން.
  4. ބަޖެޓް ސެކްޝަންގެ މަސައްކަތްތަކާގުޅޭ ގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް ހަދާ އިސްލާޙްކޮށް ބެލެހެއްޓުން.
  5. މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާ އާއި ބެހޭގޮތުން އަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޢުޞޫލުތަކާއި އެއްގޮތަށް ބަޖެޓް ސެކްޝަންގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވާ ހިންގާ ބެލެހެއްޓުން.
  6. ބަޖެޓް ސެކްޝަންގެ މުވައްޒަފުން ބެލެހެއްޓުމާއި ބޭނުންވާ ތަމްރީނާއި ތަކެއްޗާއި ޚިދުމަތްތައް ދެނެގަނެ ( ޓްރޭނިންގ ދިނުމާއި / އެޕްރައިޒް ކުރުމާއި / މަސައްކަތާއި އަޚްލާޤާ ގުޅޭ ގޮތުން ފިޔަވަޅުއެޅުން ފަދަ ) ފޯރުކޮށްދިނުމާއި އެކަންކަން ތަންފީޒުކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ޕެޓީ ކޭޝް އަދި ޕޭމަންޓް ވައުޗަރތައް ޕޯސްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. މަރުކަޒުގެ މުވައްޒަފުންގެ މުސާރަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ސެކްޝަންތަކަށް ހޯދަންއެދޭ އަގުބޮޑުތަކެއްޗާއި ކުރަން ގަސްތުކުރާ ބޮޑުޚަރަދު ހިނގާފަދަ މަސައްކަތްތައްބަލާ އޮފީހަށް އެންމެ ފައިދާބޮޑު ގޮތަކަށް އެކަން ކުރުން.
  10. ޒަކާތު ފަންޑުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތަކާއި އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  11. ކޮންމެ އަހަރަކު ޒަކާތު ފަންޑުން ބޭނުންވާ ފައިސާގެ ލަފާކުރާ ބަޖެޓް ކުރިއަށްއޮތް އަހަރަށް ތައްޔާރުކޮށް ޒަކާތު ކޮމިޓީއަށް ހުށަހަޅައިގެން ހުއްދަހޯދުން.
  12. އަހަރީ ރިޕޯޓް، މަންތްލީ ރިޕޯޓް، ވީކްލީ ރިޕޯޓް އަދި ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނިންމުން.
  13. ރިކޮންސިލިއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.
  14. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  15. ސެކްޝަނުންކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން.
  16. މަރުކަޒުގެ މަސައްކަތްތަކުގެ ތެރެއިން ޙާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  17. މަރުކަޒުގެ މަސައްކަތްތަކުގެ ތެރެއިން މަރުކަޒުގެ އިސްވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް      9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ
  • ބިޒްނަސް އެޑްމިނިސްޓެރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ފައިނޭންސް

މަޤާމުގެ ކޯ ޑިސިޕްލިން

  • އެކައުންޓިންގ
  • ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އެކައުންޓިންގ
  • ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް. އެސް. 3 ގެ ކްރައިޓީރިއާ

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

85

30

35

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގެ ސެޓުފިކެޓު

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ތަޖުރިބާ

20

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު

100

50

50

ޖުމްލަ

210

100

100

މަޤާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %45 (ސާޅީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ފެބުރުވަރީ 2021 އާއި 17 މާރިޗު 2021 އާ ދެމެދު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019315/ 3019319/ 3019304 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 ފެބުރުވަރީ 2021