ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2021/7
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 17 ފެބުރުވަރީ 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                             އިޢުލާން ނަންބަރު:IUL)MMPRC-HR/1/2021/7)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ (މަހަކު):-/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,360  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/2,360  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ހިއުމަންރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

 ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

 ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 2 - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކުގެ އެންމެހައި މަސައްކަތްކުރުން

- ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެކިއެކި ޚަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ކުރުމާއި ޚަރަކާތްތަކުގައި ބައިވެރިވުން.

- އޮފީހުގެ މެއިންޓަނެންސްއާއި ގުޅޭގޮތުން އެކިފަރާތްތަކާއި އެކު ހެދޭ އެގްރިމަންޓްތަކާއި ގުޅޭ މަސައްކަތްތަކުގެ އެންމެހައި މަސައްކަތްކުރުން

- ކޯޕަރޭޝަނުން ރަޖިސްޓްރީ ކުރަންޖެހޭ ލޯގޯ/ލައިސަންސް ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްކުރުން.

- އޮފީސް ހުޅުވާ/ލެއްޕުމުގެ ޑިއުޓީ ޝެޑިއުލް ގަވާއިދުން ހެދުމާއި މި މަސައްކަތް ސުޕަވައިޒަރގެ ލަފާގެ ދަށުން ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ ކަންތައްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ އިލްކްޓްރޯނިކް އަދި މެނުއަލް ފައިލިންސިސްޓަމް ތައްޔާރުކޮށް ބެލެހެއްޓުން

_ ކޯޕަރޭޝަނުގެ މަސައްކަތްކުރުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން

- ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

- މީގެ އިތުރުންވެސް ކޯޕަރޭޝަނުގެ މަސައްކަތާއި ގޫޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 17 ފެބްރުއަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުން ފެންނަގޮތަށް)

-  ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

 

11 ފެބުރުވަރީ 2021