ބީލަން
ނަންބަރު: (IUL)453-LTM-04/1/2021/8
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 25 ފެބުރުވަރީ 2021 11:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހުށަހަޅާ ސްޕެސިފިކޭޝަނާއި އެއްގޮތަށް ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ފެބްރުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަގު ހުށަހަޅާއިރު އެސެމްބަލް ކުރުމުގެ ހަރަދާއި އެއްކޮށް އަގު ހުށަހެޅުއްވުމަށާއި، އަގު ހުށަހަޅުއްވާއިރު ކޮންމެ އައިޓަމެއްގެ ފޮޓޯ/ ބްރޯޝަރ ހިމެނުއްވުމަށް ދަންނަވަމަވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2021 ފެބްރުއަރީ 14 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2021 ފެބްރުއަރީ 24 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2021 ފެބްރުއަރީ 24 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

 

 

11 ފެބުރުވަރީ 2021